2.11.10

ބަރަހަނާވެގެންހުރި މީހަކު ތިން އަހަރަށް ޖަލަށް

މާލެއަތޮޅު ވިލިގިލީ ގެއެއްގެ ކޮޓަރި ތެރޭގައި ހުރި އެނދެއްގައި އޮތް ކުޑަކުއްޖަކަށް ފެންނަހެން ބަރަހަނާ ވެގެން ހުރި މީހަކު ތިންއަހަރުދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކުޑަކުއްޖެއްގެ ކުރިމަތީ ބަރަހަނާވެގެން ހުރެގެން، މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ވިލިމާލޭ ގެއެއްގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅުނު، މުހައްމަދު ސައީދު 39އ، ގެމައްޗަށްކަމަށް ކްރިމިނަލްކޯޓުންވަނީ ހާމަކޮށްފައެވެ.
ކޯޓުން ހާމަކޮށްފައިވާގޮތުގައި މުހައްމަދު ސައީދުގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކުޑަކުއްޖާ އެނދުމަތީގައި އޮތް އިރު މުހައްމަދު ސައީދު ފެންވަރައިގެން ނުކުމެ، ކުއްޖާގެ ކުރިމަތީ އޮރިޔާމުން ހުރި މަންޒަރު ފުލުހުންނަށް ފެނިފައިވާތީކަމަށެވެ.
އަދި މުހައްމަދު ސައީދަކީ ދުވަހަކުވެސް މީހަކާއި ކައިވެނިކޮށްފައިވާ މީހެއް ނޫންކަމަށާއި، އޭނާއަކީ ބޭރުދަތުރު ކުރަންއުޅޭ މީހެއްކަމަށް ތަހްގީގަށް ސާބިތުވެފައިވާ ކަމަށް ކޯޓުންވަނީ ބުނެފައެވެ.
ފުލުހުން އެތަނަށް ދިޔައީ މުހައްމަދު ސައީދު ކުޑަކުއްޖަކާއެކު، އެއްޖިންސުން ގުޅުންހިންގަން އުޅޭކަމަށް، އެކުއްޖާގެ ބޭބޭ ފުލުހުންނަށްކުރި ރިޕޯޓަކާއި ގުޅިގެންކަމަށް ވެސް ކޯޓުންވަނީ ބުނެފައެވެ.
މުހައްމަދު ސައީދުގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ހ. އަދި ށ. ގެ ދަށުން ޖިންސީ ގުނަވަނެއް ކުޑަކުއްޖަކަށް ދެއްކުމުގެ ކުށުގަ އެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ