ޤާނޫން އަސާސީގައި ބުނާ ތާރީޚަށްވުރެ އެތައްތަނެއް ލަސްވެފައިވާ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނައަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ
ޤާނޫނީ ގޮތުން އެކި ކަންކަމަށް ދޭންޖެހޭ މުއްދަތުތަށް ގިނަ ގޮތްގޮތަށް ބެލުމަށްފަހު އިންތިހާބު ބާއްވާނެ ތަރީހެއް އިލެކްޝަން ކޮމިޝަނުން މިވަނީ އިޔުލާންކޮށްފައެވެ ކޮމިޝަނުގެ ފަސްމެންބަރުން އިއްތިފާގުވެ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހު އިންތިހާބު ބާއްވަން އިޔުލާން ކުރި ސަބަބު ވިދާޅުވަމުން އެ ކޮމިޝަންގެ ރައީސް ފުއަދު ތައުފީގް ވިދާޅުވީ މިހާ ފަހުގެ ތާރީހެއް ކަންޑައަޅަން ޖެހުނީ ގިނަ ގޮތްގޮތަށް ބެލުމަށްފަހުކަމަށެވެ.
މިހާ ފަހުގެ ތާރީހެއް ކަންޑައަޅަން ޖެހުނީ ކެނޑިޑޭޓުންނަށް ލިބެންޖެހޭ ހައްގުތަކަށް ވިސްނާ ގާނޫނީ ގޮތުން ކުރިމަތިވެދާނެ މައްސަލަތަށްވެސް ދިރާސާ ކުރުމަށްފަހުކަމަށް ފުއަދު ވިދާޅުވިއެވެ. މިގޮތުން މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އިންތިހާބު ބާއްވަން އިއުލާން ކޮށްފިނަމަ މައްސަލަތަކެއް ފެންމަތިވާނެކަން ފުއާދު ފާހަގަކުރެއްވިއެވެ.
ފަސްދޮޅަސް ދެމިލިޔަނެއްހާ ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރާ މި އިންތިހާބު ރަސްމީކޮށް އިއުލާންކުރާނީ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މީހުން ދިރިއުޅޭ ރައްތަށް ސަރުކާރުގެ ގެޒްޓުގައި ޝާއިރު ކޮށްފައިވާއިރު އައްޑުއަތޮޅުގައި ސިޓީއެއް ހެދުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަމާ ދެކޮޅުހައްދަވަމުން ގެންދާތީ އައްޑޫގެ ވޯޓު ނެގުމާ ގުޅޭގޮތުން ސުވާލު ދެއްނެވުމުން އެކަމަށް އިޝާރާތް ކުރައްވާ ފުއާދު ވިދާޅުވީ އެފަދަ މައްސަލައެއް ނުކުމެއްޖެނަމަ އެދާއިރާއެއްގެ ވޯޓު ނެގުން ފަސް ކުރާނީކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ޤާނުނު ބުނާ ގޮތުން ކައުންސިލް މެންބަރުން ހޮވަނީ ރަށުގެ އާބާދީއަށް ބެލުމަށްފަހު. އާބާދީއެއްގެ ގޮތުގައި ބެލުމަށް ހަމަޖެހިފައިވަނީ އެއްތިރީސް ޑިސެންބަރ މަހުގެ ނިޔަލަށް އެރަށެއްގައި ރައްވެހިވެފައިވާ މީހުންނަށެވެ. ނަމަވެސް އި އިންތިހާބު މި ބޭއްވެނީ އޭގެ އެއްއަހަރު ފަހުންނެވެ. މި ބީދައިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިސްނާނަމަ ހާހަކަށްވުރެ ގިނަ ކައުންސިލް މެންބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވަން ޖެހޭ. އެއްމެފަހުން ބޭއްވުނު ފެންނަ ނުފެއްނަ ވޯޓު ނެގުނު އިރު ވޯޓުލުމުގެ ސަރުތު ހަމަވާ ދެލައްކަ އެކާވީސް ހާހަށްވުރެ ގިނަ މީހުން ތިއްބެވެ.



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ