ލަންދޫ ޖައްވު އަންވަރުގެ އަންހެނުން ރިކުސާ ރޭގެ ވަގުތެއްގައި މާފަރު ބޯޓު ދުއްވައިފައި މާލެ ދިއުމައް ޓަކައި ކަނޑު މަތީގައި ވަނިކޮން ވިހައިފިއެވެ. ލަންދޫ ވާނުވާއަށް މައުލޫމާތު ދެމުން ލަންދޫ ޖައްވު ހައްވާ ބުނި ގޮތުގައި މިކަން ހިގާފައި ވަނީ ރޭ ދަންވަރު 3 ޖަހާކަށް ހާއިރުގައެވެ. އަދި އިތުރަށް ވާހަކަ ދައްކަމުން ބުނި ގޮތުގައި ރިކުސާގެ ވިއްސައި މަސްތުރަ ކުރުމާއި އަދި ކިދު ފިލުވުމުގެ ކަންތައް ކޮއްދީފައި ވަނީ ލަންދޫ މުރިގު ހާލިދު އަދި އިތުރު އަންހެނެއް ކަމުގައެވެ. އަދި މިކަން ހިގާ ދިޔަތާ ގާތްގަޑަކަށް 20 މިނެއްޓުގެ ތެރޭގައި މާލެ ދެވުނު ކަމަށް މާއުލޫމާތު ދީފައި ވެއެވެ. އަދި ވިހާފައި ވަނީ އަންހެން ކުއްޖެއް ކަމަށާއި ކުއްޖާގެ ހާލު ރަގަނޅު ކަމަށް މައުލޫމާތު ދީފައި ވެއެވެ. ނަމަވެސް ރިކުސާގެ ހާލު މާ ރަގަނޅު ނޫން ކަމަށް މައުލޫމާތު ދީފައި ވެއެވެ.
17.10.10
Subscribe to:
Post Comments (Atom)



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ