10.11.10

ބަދަރަކީ ނާމާން ތަނަކީބާ؟

ރޫހާނީ ކަންކަމަކީ އެކަމެއް ދިމާވެފައިވާ މީހުން ގަބޫލުކުރާ ނަމަވެސް އެކަމެއް ދިމާނުވާ މީހުނަށް ގަބޫލުކުރަން ދަތި ކަމެކެވެ. ނަމަވެސް ކީރިތި ގުރުއާނުގައި އެބައި މީހުންނަކީ ދުނިޔޭގައި ލައްވާފައި ބައެއްކަން އިގެން އެބައޮތެވެ.
ލަންދޫގެ ބަދަރު ސަރަހައްދަކީ އެތައް ބަޔަކަށް ބިރުވެރި ކަމުގެ މަންޒަރު ތަކެއް ފެނިފައިވާ ތަނެއް ކަމަށް އެތައް ބަޔަކު ބުނެފައި ވެޔެވެ. ދިމާވި ބިރުވެރި ކަމެއްގެ ސަބަބުން 3 ދުވަހުގެ މުއްދަތަކަށް ބަލި ދާނުގައި އޮތުމަށްފަހު ދުނިޔެއިން ވަކިވެގެން ދިޔަ ވާހަކަ އަކީ ވެސް އެއްދުވަސް ވަރެއްގައި ވައިގައި ހިފައިގެން ދިޔަ ވާހަކައެއް ކަން ފާހަގަ ކުރެވެޔެވެ. އަދި ބަދަރު ހެދުމަށް މަސައްކަތް ކުރަމުން އައި ބިދޭށީ މީހަކުވެސް ރޭގަނޑުގެ ވަގުތުގައި މަސައްކަތް ކުރުމައްފަހު އަނެއް ދުވަހުގެ ހެދުނުގެ ވަގުތުގައި ވަނީ ވީނުވީއެއް ނޭންގި މިދުނިޔެއާ ވަކިވެގެން ގޮސްފައެވެ.
ދާދި މިދާކަށް ދުވަހު ލަންދޫގެ މީހަކަށް ވަނީ ބަދަރު ސަރަހައްދުން ބިރުވެރި ކަމަކާއި ކުރިމަތި ވެފައިކަމަށް މައިލޫމާތު ލިބިފައި ވެއެވެ. އަދި މިމީހާގެ ހާލު މާ ރަގަނޅު ނޫން ކަމަށް ހަބަރު ލިބިފައި ވެޔެވެ. ހަބަރުު ލިބިފައި ވާގޮތުގައި އެފަރާތަށް މިހާރުވެސް އިންނައް އޮންނައް ނުލިބޭ ކަމުގައި ވެޔެވެ.
ނަމަވެސް މިކަންކަމަކީ މުޅިއަކުން ތެދު ވާހަކަ ތަކެކޭ ބުނެވޭ ކައްވެސް ނޯންނާނެއެވެ. ސަބަބަކީ މިކަމަކީ ޖަވާބު ލިބިފައި ނުވާ އެތައް ސުވާލު ތަކެއް އެކުލެވިގެންވާ ކަމަކަށް ވުމެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ