9.11.10

އަންހެން ކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގުން

ހއ. ފިއްލަދޫގައި ސްކޫލްގެ ޓީޗަރަކު 13 އަހަރުގެ އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގަމުންދާ ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ ރިޕޯޓެއް ކުރުމުން ފިއްލަދޫ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ކުރަމުންދާ ކަމަށާއި ތަފުސީލު ދެވެން ނެތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރޭ 11:00 ޖެހި އިރު ފުލުހުން ހައްޔަރުކޮށްފައި ވަނީ ފިއްލަދޫ ކޮމާ، އަލީ ކާމިލެވެ. އެނާ އަކީ ފިއްލަދޫ ސްކޫލްގައި ގުރުއާނާއި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރެކެވެ.

ފިއްލަދޫ މައުލޫމާތު ދިން އެ ރަށުގެ ބައެއް މީހުން ބުނީ ކާމިލު ހައްޔަރު ކޮށްފައިވަނީ ސްކޫލްގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ 13 އަހަރުގެ އަންހެން ކުއްޖާއަށް ޓިއުޝަން ދެނީ ކަމަށް ބުނެ އަންހެން ކުއްޖާގެ ގޭގައި އެ ކުއްޖާއާއެކު ކޮޓަރި ތަޅުލައިގެން ތިއްބާ ކަމަށެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ