29.10.11

ލަންދޫ ސުކޫލު އޮޅުމެއްގަ. ވަނަތައް އިއުލާން ކުރަން ކަނަކު

ރޭގެ ބޭއްވުނު އިނާމު ދިނުމުގެ ޖަލުސާގަ ދިން އިނާމުތައް ކުދިން ގެންގޮސްގެން އަލުން ބަަދަލު ކޮއްފި. ނަމަވެސް ބެލެނިވެރިން ބުނަމުން ދަނީ ބޭނުންވަނީ ރީތި ނަމެއް ކަމުގައި ބެނުންވަނީ ސުޓޭޒް މަތިން ސަރަފް ވެރިޔާގެ ކުރިމަތިން ކުރެވުނު ބުރަ މަސައްކަތުގެ އިނާމު ލިބުން ކަމުގައެވެ. އިނަމުތައް ދިނުމުގާ އެތައް ގުނައެއް ރޭގަ ވަނި ތަފާތު ކުރެވިފަ. ލަންދު ސުކޫލުން ބުނަނީ އޮޅުނީ ކަމަށް. ނަމަވެސް އޮޅިގެން ދެވިފައިވަނީ އެއްމެ މަގާމެއް ނޫން އެތައް މަގާމެއް. މަގާމުތައް ރީތި ކޮން ލިޔެފަ ހުރި ބޮޑު ގަޑެއް ދީފަ އެރުވީމަ ވެސް ވީވަރު. އެވުރެޖުކޮން ހުރިހާ ކުލާހެއްގެ ވަނަތައް ވެސް އޮޅުވާލެވިފަ.
އިންސާނުނަށް ކުއްވެސް ކުރެވޭނެ އެކަމު މިހާ ގިނަ ވަނައެއް ގޮވުމުގަ ކުއްކުރެވޭނި އިންސާނުންގެ ރެތެއިން ވެސް އަރާ ހުރި އިންސާނަކަށް.. ހީހީޙީޙީހިހީހީ އެއްމެ ފުރަތަމަ އޮޅިގެން ރިހާސަލުގަ ލަންދޫ ސުކޫލުގެ ހެޑް އަހަރީ ރިޕޯޓު ހުށައަލާ ބައެއް މަގާމުތައް ވެސް އިއުލާން ކޮއްފަ. އޮޅޭނެ އެކަމު މިވަރަކަށް ނޫން.

6.1.11

މާދަމާވެސް އެކުވެރި ކަމުގެ މެޗެއް

މާދަމާ ހަވީރު އެކުވެރި ކަމުގެ ފުޓުބޯޅަ މެޗެއް ކުޅޭ ކަމުގެ ހަބަރު މި ބުލޮގަށް ވަނީ ލިބިފައެވެ. މި މެޗު ކުޅެވެނީ ލަންދޫ އާއި ލަންދޫގެ އެންމެ ކައިރީގައިވާ އެއްރަށް ކަމުގައިވާ މާފަރާއި ދެމެދުގައެވެ. މިއީ މާފަރުގެ ޖުވާނުން ދިން ދައުވަތަކާއި ގުޅިގެން ކުޅެވޭ އެކުވެރި ކަމުގެ މެޗެކެވެ. މިއީ މިއަހަރު ކުޅެވޭ ފުރަތަމަ އެކުވެރި ކަމުގެ މެޗެވެ. މިދިޔަ އަހަރު ފަހު ކޮޅުގައި ވެސް ވަނީ މާފަރާއި އެކު އެކުވެރި ކަމުގެ މެޗެއް ކުޅެފައެވެ

2.1.11

ދިރާގު ނެޓްވޯކަށް ދިން "ހަމަލާ" ތަހުގީގު ކުރަނީ

މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ދިރާގު ނެޓްވޯކަށް ބަޔަކު ދިން "ހަމަލާ"ގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދިރާގުގެ ނެޓްވޯކަށް ހަމަލާދިނުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއްނުވެ އެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައި މި ވަނީ ދިރާގުގެ ނެޓްވޯކަށް ބަޔަކު ޑީޑޮސް ހަމަލާއެއް ދީފައި ވަނިކޮށެވެ.

ދިރާގު އިންޓަނެޓް ނެޓް ވޯކަށާއި ވެބް ސާވަރަށް މެދުކެނޑުމެއްނެތި ހެކްކުރާ ފަރާތްތަކަށް ގެއްލުން ދިނުމަށް ކުރާ މަސައްކަތެއްގެ ސަބަބުން ދިރާގު އިންޓަނެޓާއި މޯބައިލް އިންޓަނެޓް ޚިދުމަތް ބޭނުން ކުރުމުގައި ބައެއް ސައިޓްތަކަށް ވަނުމުގައި ވަނީ ދަތި ތަކެއް ކުރިމަތިވެފަ އެވެ. އަދި އެ މައްސަލައަކީ ބަޔަކު ގަސްތުގައި ޑީޑޮސް ހަމަލާތަކެއް ދިރާގުގެ ނެޓްވޯކަށް ދިނުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ނެޓްވޯކުގެ ދަށުން ރާއްޖޭގައި ހިންގާ ވެބް ސައިޓްތައް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިގެން ދިޔައީ ނެޓްވޯކަށް ބަޔަކު "ހަމަލައެއް" ދިނުމާ ގުޅިގެން ނެވެ.

ދިރާގުން ބުނީ ދިރާގުގެ ނެޓްވޯކަށް އާންމުކޮށް އެކި ލެވެލްތަކުގައި ހަމާލާދޭ ކަމަށާއި ނެޓްވޯކަށް މިފަހަރު އައި ހަމަލާއަކީ ވެސް އެފަދަ ހަމަލާއެއް ކަމަށެވެ.

28.12.10

އަނެއްކާ ވެސް ކެރެޓުގެ ފަޅާލައިފި

މިހާރަކަށް އައިސް ލަންދޫގައި ވައްކަމުގެ އެކި ޕުރޮގުރާމް ތައް ދަނީ ހަލުވި ކަމާއި އެކު ކުރިޔައް ގެންދަމުންނެވެ.
މިގޮތުން މިޔަދު މިވަނީ ލަންދޫ ކެރެޓުގެ ދެވަނަ ފަހަރަށް ފަޅާލައިފަ އެވެ. ނަމަވެސް މިފަހަރު ފަޅާލާފައި ވަނީ ކުރިން ފަޅާލާފައިވާ ކޮޓަރިއެއް ނޫނެވެ. މިފަހަރު ފަޅާއި ލާފައިވަނީ މިގޭ ބަދިގެޔާއި ޖެހިގެން އިން ކޮޓަރިއެވެ. މި ކޮޓަރިއަށް ވަދެފައިވަނީ ކޮޓަރީގައި ޖަހާފައި ހުރި ލޫވަތައް ނައްޓުވައިގެންނެވެ. މިވައްކަމުގައި ހަތަރު ހާހައް ވުރެ ގިނަ ދިވެހި ރުފިޔާ ގެއްލިފައިވާ ކަމުގައި މައުލޫމާތު ލިބިފައި ވެޔެވެ.