2.1.11

ދިރާގު ނެޓްވޯކަށް ދިން "ހަމަލާ" ތަހުގީގު ކުރަނީ

މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ދިރާގު ނެޓްވޯކަށް ބަޔަކު ދިން "ހަމަލާ"ގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދިރާގުގެ ނެޓްވޯކަށް ހަމަލާދިނުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއްނުވެ އެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައި މި ވަނީ ދިރާގުގެ ނެޓްވޯކަށް ބަޔަކު ޑީޑޮސް ހަމަލާއެއް ދީފައި ވަނިކޮށެވެ.

ދިރާގު އިންޓަނެޓް ނެޓް ވޯކަށާއި ވެބް ސާވަރަށް މެދުކެނޑުމެއްނެތި ހެކްކުރާ ފަރާތްތަކަށް ގެއްލުން ދިނުމަށް ކުރާ މަސައްކަތެއްގެ ސަބަބުން ދިރާގު އިންޓަނެޓާއި މޯބައިލް އިންޓަނެޓް ޚިދުމަތް ބޭނުން ކުރުމުގައި ބައެއް ސައިޓްތަކަށް ވަނުމުގައި ވަނީ ދަތި ތަކެއް ކުރިމަތިވެފަ އެވެ. އަދި އެ މައްސަލައަކީ ބަޔަކު ގަސްތުގައި ޑީޑޮސް ހަމަލާތަކެއް ދިރާގުގެ ނެޓްވޯކަށް ދިނުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ނެޓްވޯކުގެ ދަށުން ރާއްޖޭގައި ހިންގާ ވެބް ސައިޓްތައް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިގެން ދިޔައީ ނެޓްވޯކަށް ބަޔަކު "ހަމަލައެއް" ދިނުމާ ގުޅިގެން ނެވެ.

ދިރާގުން ބުނީ ދިރާގުގެ ނެޓްވޯކަށް އާންމުކޮށް އެކި ލެވެލްތަކުގައި ހަމާލާދޭ ކަމަށާއި ނެޓްވޯކަށް މިފަހަރު އައި ހަމަލާއަކީ ވެސް އެފަދަ ހަމަލާއެއް ކަމަށެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ