މިހާރު މިދަނީ ހިފެހެއްޓުމެއް ނެތި ކައުންސިލަރު އިންތިހާބުގެ އެންމެހާ ކަންތައްތައް ހީނުކުރާހާ ހަލުވި ސުޕީޑުގައި ކުރިޔައް ގެންދަމުންނެވެ. ކޮންމެ މީހަކުވެސް ނިކުމެގެން މިއުޅެނީ ކޮންމެ ހާލަކުން ނަމަވެސް އެ ގޮޑި ޖަހައި ގަތުމުގެ މަގުސަދުގައި ކަން އުޅޭ އުޅުމުން ހާމަ ވެގެން ދެޔެވެ. މިކަން ހާމަވެގެން ދަނީ ކުރާ އާދޭހާއި ދައްކާ ދަޅަ ތަކުގެ ސަބަބުން ކަން މިޔަދު އެންމެހާ ރައްޔިތުން ދަންނާނެއެވެ. އާދެސް ކުރުން އެއްކިބައިގައި ބާއްވާފައި ދުވަހަކު ވާހަކަވެސް ނުދައްކާ މީހުންގެ ގޭކުރިމައްޗައް ގޮސް ދެފައި ތަޅާފައި ރޯންވެސް ފަށަނީއެވެ.
ވޯޓު ލިބޭނީވެސް އާދެސް ކޮއް ހަދައިގެން ތާއެވެ. ނަމަވެސް ދެދުވަހުގެ ތެރޭގައި ހަދާނުން އެކަން ފިލާ ދިޔުމަކީ އިންސާނުންގެ ތޮބީޔަތުގައި ވަކަމެއްކަން އިގޭހިދު ވޯޓު ދޭމީހާވެސް ފަހަތައް ޖެހުމަކީ ވެސް ހަމަ ތޮބީޔީ ކަމެއްކަން ހަދާން ބަހައްޓަން ޖެހެއެއް ނޫން ހެއްޔެވެ؟ މިކަން ހަދާނުގައި ނުބެހެއްޓޭނަމަ ލިބޭނީ ގޮޑީގެ އެއްފަޅި ނޫންބާވާ އެވެ.
މަގާމު ލިބޭ ހިދުން ފެށިގެން ވޯޓުދިން އެންމެންގެ ނަން ވެސް ހަދާން ނެތޭނެއެވެ. ހަމަ އެކަނި ހަދާން ހުންނާނީ ތަހުތު ކޮޅު ގުޑުގުޑު އަޅާވަރު ބަލަން ހުރި އަރިހު މީހާއެވެ. މަގާމު ހޯދަ ދިނުމަށް ވަސްވާސް ދީހަދަމުން ދުންމާރި ގޮއްވަމުން ކަރުގެ އޮޕަރޭސަނާ ހިސާބައް ދާންވެފައި ތިބި މީހުންގެ ހާލެއް ބަލައެއް ނުލާނެއެވެ. މިތަނުން މީހަކު ކެމްޕޭނުގެ ފަހުން ދުނިޔެ ދޫކޮއްފިނަމަ ދެއްކުމައް ނަމަވެސް ކަށުނަމާދު ކޮއްލަން ވެސް ގިނަ ފަހަރު މޫނުފުޅު ދައްކައި ނުލާނެ އެވެ



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ