އެ ޖަމިއްޔާ އިން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ވާހަކަތަކަކީ އެ ޖަމިއްޔާގެ ނިންމުމެއް ނޫން ކަމަށާއި އެއީ ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމުގެ ބޭނުމުގައި ބަޔަކު ގަސްދުގައި ރާވައިގެން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.
އެ މައްސަލަ ކުށްވެރިކޮށް އެ ޖަމިއްޔާ އިން ނެރެފައިވާ ނޫސް ބަޔާނުގައި އަދި ބުނެފައި ވަނީ އެފަދަ ޢަމަލުތައް ކުރަމުންގެންދާ ފަރާތްތަކުގެ ޢަމަލުތައް ހުއްޓާލުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެކަންތައްތައް ހުއްޓައި ނުލައިފި ނަމަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މައްސަލަ ބަލާނެ ކަމަށް ވެސް އިސްލާމިކް ފައުންޑޭޝަންގެ ނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ބައެއް ފަރާތްތަކުން އެ ޖަމިއްޔާގެ ނަން ހުތުރުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ ނަމުގައި އެކިއެކި ބްލޮގްތައް ހަދައިގެން ހަޑިހުތުރު އެއްޗެހިތައް ލިޔެ އެ ވެބްސައިޓްގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި އިސްލާމިކް ފައުންޑެޝަނާ ޖައްސުވައި ޢަދާތްވާތްތެރި ކުރުވުމަށް ކެމްޕޭނުތަކެއް ކުރަމުން ގެންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ