16.10.10

ޓުރާންސްފަރ ޤަވާޢިދު

މިރޭ 9.15ގައި ނ.ލަންދޫ ކަމަނާ ވެހީގާވަނީ އާރު.އެސް ލިޔެސް ހޮލިޑޭކަޕްގެ ޓުރާންސްފަރ ޤަވާޢިދާއި މުބާރާތުގެ ޤަވާޢިދުއަށް އިޞްލާޙް ހުށަހަޅާއިފައެވެ. އިސްލާޙްތައް ހުށަހެޅީ ޓީމްތަކުންނާއި ލިޔެސް މެމްބަރުންގެ ފަރާތުންނެވެ. މުބާރާތުގެ ޤަވާޢިދަށް ހުށަހެޅި އިސްލާހްތަކުގެ ތެރޭގައި މުބާރާތުގެ ފައިނަލް މެޗްގައި ކުޅުން ތެރިއަކު ކުރި ކުށެއްގެ ސަބަބުން އޭނާ އަށް ދެއްކޭ ކާޑާއި މެދު ގޮތެއް ނިންމުން އެޗް.އޯ.ސީ އަށް ދޫކޮށްލާގޮތަށް ނިންމާފައިވާކަން ފާހަގަ ކުރެއެވެ. ވޭތުވެދިޔަ އަހަރުގެހޮލިޑޭކަޕްގެ އެއްވެސް ރީނދޫ ކާޑެއް މިއަހަރުގެ މުބާރާތުގައި ނުގުނާނެކަމަށްވެސް ވަނީ އިޞްލާޙް ހުށަހަޅާ ފާސްވެފައެވެ. އެގޮތުން ޙުސައިން ޖަވާދު ( ޖަވާ ) އަށް މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗްގައިވެސް ކުޅެވޭގޮތަށްވަނީ ހަމަޖެހިފައެވެ. އަދިއެއްވެސް ކުޅުންތެރިޔަކު މަސްތުވާތަކެތީގެ ނުވަތަ ބޮޑު ކުށެއްގައި ބެދިއްޖެނަމަ، ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަނީ އިސްލާޙް ހުށަހެޅި ފާސްވެފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި އެންމެ ހޫނު ވެގެން ދިޔައީ ރަށުގެ ފުޓް ބޯޅަ ދަނޑު ހެދުމާއި ބެހޭ ގޮތުންނެވެ. އެގޮތުން ލިޔެސް ޖަމްޢިއްޔާއިން ބޭނުންވަނީ ދަނޑުގެ ވަށާއިގެން 2.50 ކަން ހާ އުސްމިނަށް ފާރެއް ރާނާށެވެ. އަދި މިކަން ކުރާނީ ޓީމްތަކުން ކަމަށްވެސް ލިޔެސްގެ ނައިބުރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، ތަފާތު ޚިޔާލުތައް މިކަމަށް ހުށަހެޅިގެން ދިޔައެވެ. އެގޮތުން ދަނޑަކީ ރަށުގެ ރައްޔިތުންގެ ތަނަކަށްވެފައި، އެތައް ހެދުމަށް ރަށު ރައްޔިތުންގެ ޖީބުންވެސް ޚަރަދުތަކެއް ކުރެވެން ޖެހޭނެކަމަށް ބައްދަލުވުމުގައި ބައިވެރިވި ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި ހުށަހެޅުން ލިޔެސް އިން ބަލާއިގަނެ ރަށު އޮފީހާއި ވަރަށް އަވަހަށް ވާހަކަ ދެއްކުމަށް ވަނީ ނިންމާފައެވެ

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ