ޅ.ނައިފަރުގައި މީހަކު އޭނާއާށް ބޮޑުބޭބެކިޔާ ދެ އަންހެންކުދީންނާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގިކަމުގެ ވާހަކަ ދެކެވުނީ ދާދިމިދާކަށް ދުވަހުއެވެ. އަދި އޭނާ ހިންގި މިބޮޑުޖަރީމާގެ ސަބަބުން އެތައްބަޔަކު ވަނީ އޭނާގެ ލެޔަށް ފެންބޮވައިގެންފައެވެ. އަދި ވަކިން ޚާއްޞަކޮށް ނައިފަރުގެ ރައްޔިތުން ތިބީ ވަރަށް ރުޅިއައިސްފައެވެ. އެހެނީ މީހަކު އޭނާއަށް ބޮޑުބޭބެކިޔާ ކުދިންނާމެދު މިފަދަ ޢަމަލެއް ހިންގުމަކީ އެމީހެއްގެ އިންސާނީވަންތަކަން ގެއްލި ޖަނަވާރުންގެ ދަރަޖައަށް މީހުން ގޮސްފައިވާކަމުގެ ހެއްކެކެވެ. އަދި މީނާއަކީ މީގެކުރިން އުފަން ދަރިޔަކާއިއެކު މިފަދަ ޢަމަލެއް ހިންގައިގެން 5 އަހަރުގެ ޙުކުމެއް ތަންފީޛުކޮށްފައިވާ މީހެކެވެ.
ނަމަވެސް އަހަރުމެންނަށް ކުއްލި ސިހުމެއް ލިބުނީ އިންސާނީ ވަންތަކަމުން ބޭރުވެ ޖަނަވާރުންގެ ދަރަޖައަށް ގޮސްފައިވާ މިމީހާގެ އިންސާނީ ޙައްޤަކަށް އަރައިގެންފައިވޭތޯ ބަލަން ދިވެހި ރާއްޖޭގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރާކަމަށް ބުނާ ކޮމިޝަނުން ނައިފަރު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރިޚަބަރެވެ. މިމީހުން އޭނާ ބަންދުގައި ހުންނާތީ މިކަން ބަލަންދިޔައިރު އޭނާ ޕޮލިހުންގެ ބެލުމުގެދަށުގައިހުރީ ކޯޓުއަމުރެއްގެ ދަށުންނެވެ. ކޯޓުއަމުރު ހަމަވަނީ މިމަހުގެ 25 އަށެވެ. އޭނާގެ އެއްވެސް ޙައްޤަކަށް އުނިކަން އާދޭތޯބަލަން ސުވާލުކުރިއިރު އޭނާ އެނުބައި ޖަރީމާ ހިންގައި އަނިޔާކޮށްފައިވާ، ނިކަމެތި ދެއަންހެންކުދިންގެ އެއްވެސް ޙައްޤަކުން އެކުދިން މަޙުރޫމުފައިވޭތޯ ސުވާލުކުރަން އެކުދިންނާއި ބައްދަލުނުކުރެއެވެ. އެކުދީންނަށް އަމާން ރައްކާތެރި ވެއްޓެއް ހޯދައިދިނުމަކީ ސަރުކާރުގެ ވާޖިބެކެވެ. އެހެނީ އެކުދިންނަށް މިއަނިޔާ ދިނީ އެކުދިންގެ ބަލަދުވެރިޔާއެވެ. ނަމަވެސް އެކުދިންނަށް ސަލާމަތްކަމާއި ރައްކާތެރިކަން ހޯދައިދެވިފައިވޭތޯބެލުމުގެ ބަދަލުގައި އަވަސްވެގަތީ އަނިޔާ ވެރިޔާގެ ޙައްޤުހޯދައިދޭށެވެ. ކުށްވެރިންގެ އިންސާނީ ޙައްޤުތަކުގެ ވާހަކަ މިވެރިން ދައްކާލެއް ގިނަކަމުން ހީވަނީ މީހާ އިންސާނަކަށް ވަނީ އެމީހާ ކުށަކަށް އަރައިގަނެ ބޮޑު ޖަރީމާއެއް ހިންގާ ހިސާބުން ފެށިގެންނެވެ.
އަޅުގަނޑުމެނަށް މިވީހާ ދުވަހަކު ފެނިގެން މިދިޔައީ އިންސާނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ބަދަލުގައި އިންސާނުންގެ ސޫރާގައި ތިބި މިފަދަ ނުބައި ޖައްލާދުންތައް ހިމާޔަތް ކުރުމުގައި ހިއުމަން ރައިޓް ކޮމިޝަނޭ މިކިޔާ ޖަމާޢަތުން މަސައްކަތް ކުރާތަނެވެ. މިބައިމީހުންނީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ގެއްލިފައިވާ އަދި ގެއްލެމުންދާ ޙައްޤުތައް ހޯދައިދިނުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ބާރުދީގެން، ދިވެހިރާއްޖޭގެ އެންމެ މަތީވެރިޔާގެ ކުރިމަތީގައި ހުވާކޮށްގެން ތިބި ބަޔެކެވެ. އެނގޭކަމަކީ ﷲ ގަންދީ ކުރާ ހުވަޔަކީ ކިހާވަރެއްގެ އެއްޗެއްކަން މިބައިމީހުންނަށް ނޭނގުމެވެ. އެހެންނަމަކާ ތިމާގެ އަމިއްލަ ދަރިންނާ، ތިމާގެ އަމިއްލަދަރިން ފަދަ ބޮޑުބޭބެ ކިޔާ ދަރިންނަށް އެފަދަ ޙައިވާނީ ގޮތަކަށް ކަންތައްކޮށްފައިވާ ޖައްބާރަކަށް ޙައްޤެއް ގެއްލިފައިވޭތޯ ބަލާކަށް މިބައިމީހުން ނޫޅުނީހެވެ. އަޅުގަނޑުމެންގެ ހިތަށް ވަސްވާހެއްގެ ސިފާގައި ނަމަވެސް އަރާ ސުވާލަކީ ހިއުމަން ރައިޓްސް ކޮމިޝަންގައި މިތިބެނީ އަޅެ ފަހެ، އިންސާނުންތަކެއް ބާއެވެ؟

0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ