16.10.10

ޙުސައިން މުހައްމަދު މަނިކުގެ މަރުގެ މައްސަލަ


ހއ ހޯރަފުށީ ސީވިއު ޙުސައިން މުހައްމަދު މަނިކުގެ މަރުގެ މައްސަލައިގެ ތަހްޤީޤް ނިންމުމަށްފަހު އެ މައްސަލާގައި ޝާމިލްވާކަމުގެ ހެކި ލިބިފައިވާ ތިން މީހުން މާލެގެނައުމަށް ދަތުރު ފަށައިފިއެވެ. ރަހުމުކުޑަ ގޮތަކަށް މަރާލުމަށްފަހު ހޯރަފުށީގެ ފަޅުގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި މިދިޔަ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހު ފެނުނު ހުސައިން މަނިކުގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމާލުމަށްފަހު ތަހުގީގު ޓީމު މާލެއައުމަށް ފުރާފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
އަދި ފުލުހުންގެ ޓީމް ހޯރަފުށިން ފުރާފައިވަނީ މިމައްސަލާގައި މިހާތަނަށް ބަންދުގައި ތިބި ތިން މީހަކު ގޮވައިގެން ކަމަށާއި މި ތިން މީހުންގެ ތެރޭގައި ހުސެން މަނިކަށް ބޮޑުބޭބެކިޔާ ކުއްޖަކުވެސް ހިމެނޭކަމަށް ހޯރަފުށިން މައުލޫމާތުދިން މީހަކުބުންޏެވެ. މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުސެއިން މަނިކުގެ މަރުގެ މައްސަލައިގެ ތަހްޤީޤްގެ ބޮޑުބައެއް މިހާރު ނިންމާފައިވާކަމަށާއި މިމައްސަލާގައި މިހާރު ހައްޔަރުކޮށްފައިތިބި ތިން މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. 

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ