16.10.10

މިއަދަކުނޫން އެކަމަކު މަދަމާ

އަޅުގަނޑުމެންނަކީ ވަރަށް ރަނގަޅަށް ކަންތައްތައް ކުރާ ބައެކެވެ. މިއީ ވަރަށް ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތެވެ. ނަމަވެސް، މިއީ ހަޤީގަތް ތޯ ބަލާލަން އެބަޖެހެއެވެ. އަޅުގަނޑުމެން ނަކީ މުސްލިމުން ނެވެ. ވީމާ އަޅުގަނޑުމެންގެ އެންމެހާ ކަންކަން ބައްޓަން ކުރެވިފައި ހުންނަން ވާނީ އިސްލާމް ދީނުގައި އެކަމެއް ކުރަން އޮންނަ ގޮތަށެވެ. ކޮންމެ ކަމެއް ކުރާ އިރު ދީނުގައި އެކަން އޮތްގޮތް ބަލައި އެގޮތައް ޢަމަލު ކުރާށެވެ. އިސްލާމްދީން ދައްކާ ގޮތުގެ މަތީން ދިރިއުޅުން ބައްޓަން ކުރާނަމަ ، ދިރިއުޅުމަކީ ފަސޭހަކަމަކަށް ވެގެން ދާނެއެވެ.
އަޅުގަނޑުމެންގެ ކަނބަލުންނަކީ ، ދުވާލުގެ ހުރިހާ ވަގުތެއްގާވެސް ވަރަށް ބުރަކޮއް އުޅޭ ބައެކެވެ. މަސައްކަތް ތަކުގައި މަސްޢޫލު ވެގެން އުޅޭ އިރު ބަންޤި ގޮވީމަ ވަގުތުން ނަމާދަށް އެރުމަކީ ވަރަށް ނުކުރެވޭ ކަމެކެވެ. އަދި ހަމަ ލަސް ކުރަމުން ގޮސް ބައެއް ފަހަރަށް ނުކުރެވިވެސް ހިނގައިދާނެ އެވެ. މިކަމަށް ބޭނުން ވަނީ ކުޑަ ހިތްވަރެކެވެ. ވަރުގަދަ އަޒުމެކެވެ. ހިތްވަރުކޮއްލާފަ މަސައްކަތްތައް މަޑުޖައްސާލާފަ ނަމާދު ވަގުތުގާ ކުރެވޭތޯ ބަލާށެވެ. ގޭތެރޭގާ އުޅޭ އަޅުގަނޑުމެންގެ ތުއްތު ދަރީން ނަށް އެދައްކާދެވެނީ ވަރަށް ރަނގަޅު ނަމޫނާ އެކެވެ. އޭރުން އެކުދިންވެސ ބަންޤީގެ އަޑު އިވުމާ އެކު ނަމާދަށް އަވަސް ވެ ގަންނާނެއެވެ. ގޭތެރޭ މަސައްކަތްތައް ކުރުމުގާވެސް އަދި ދަރިން ތަރުބިއްޔަތުކުރުމުގާވެސް ދީނުގައި އޮތްގޮތް ބަލާ އެގޮތައް ޢަމަލުކުރާ ބަޔަކަށް ވަމާ ތޯއެވެ. އެގޮތައް ދިރިއުޅުން ބައްޓަން ކުރީމާ އަޅުގަނޑުމެން މައިންނަށް ބޭކާރު ކަންތަކުގައި ހޭދަކުރާނެ ވަގުތެއް ނޯންނާނެ އެވެ. ބޭކާރު ވަގުތުކަމުގައި އަޅުގަނޑު މިފާހަގަ ކުރަނީ ދީން ހުއްދަ ނުކުރާ މުނިފޫހިފިލުވުމުގެ ހަރަކާތް ތަކެވެ. އަޅުވާ ކޮންމެ ފިލްމަކަށް ދިއުމާ، މިޔުޒިކް ޝޯވ ތަކައް ދިޔުމެވެ. އަދި މިކަން ކަމަށް އަޅުގަނޑުމެންގެ އަތުން، ބޮޑަތި ހޭދަވެސް ކުރަމެވެ.
މިފައިސާ މިއަށްވުރެ ފައިދާ ހުރިގޮތެއްގާ، ހޭދަކުރެވިދާނެއެވެ. ހަފްތާ ބަންދުގައި އާއިލީ ޕިކްނިކެއް ރާވާލެވިދާނެ އެވެ. އޭގެ ސަބަބުން އާއިލާގެ ގުޅުން ވަރުގަދަވެ ލޯބި އިތުރުވާނެ އެވެ. އަދި އެފައިސާ ﷲ ގެ މަގުގައި ޞަދާގާތެއްކުރުމުގައިވެސް ހޭދަކުރެވިދާނެ އެވެ. މިދަންނަވާލި ގޮތައް އަޅުގަނޑުމެންގެ ދިރި އުޅުން ބައްޓަން ކުރަމާހިނގާތޯ އެވެ. އޭރުން ތިބާގެ ދިރިއުޅުން އުފާވެރިވެ، ހިތްހަމަޖެހުން ލިބިދޭނެއެވެ. އިސްލާމް ދީނަކީ ހަމައެކަނި ދީނެއް ނޫނެވެ. އެއީ ދިތރިއުޅުމުގެ ފުރިހަމަ ނިޒާމެކެވެ. އަޅުގަނޑުގެ ލޮބުވެތި އުޚްތުން ނޭވެ. އިސްލާހުވެ ، ދަރީން އިސްލާހު ކުރަމާ ހިނގާށެވެ. އިންޝާ ﷲ މިއަދަކުނޫން އެކަމަކު މާދަމާ، ރަނގަޅު ޖީލެއް މިގައުމުން ފެންނާނެއެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ