ފުލުހުން މިމަހުތެރޭގައި ހިންގި ޙާއްސަ އޮޕަރޭޝަންތަކުގައި 8 ކޭސް ބަގުރާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، ބްލެޓް ސައިޒުގެ 18 ޕަކެޓާއި އެކު މީހަކުހައްޔަރުކޮށްފިއެވެ.
ފުލުހުން ވަކިވަކިން ހިންގި މިދެ އޮޕަރޭޝަނާއި ބެހޭގޮތުން މައުލޫމާތް ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު މެންދުރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަލުވުމުގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް މިވަގުތު ހިންގުމާއި ހަވާލުވެ ހުންނެވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދު ވިދާޅުވީ،
މިމަހުގެ 12 ވަނަ ދުވަހު މާލޭ ދެކުނު ފަރާތު ހާބަރުގައި އޮތް ދޯންޏަކުން 8 ކޭސް ބަނގުރާ ފެނިފައިވާކަމަށާއި މިމައްސަލައާއި ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި އެމީހަކީ ބަނގުލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 48 އަހަރުގެ މުޙައްމަދު ބުކުލް މިއާ ކަމަށެވެ. މީގެ އިތުރުން ދާޢޫދު ވިދާޅުވީ މި ބަނގުރާ ކޭސްތަކުގެ ތެރޭގައި ހިމެނެނީ " ވޮލާޑިކާ ވޮޑުކާ" ބްރޭންޑްގެ 47 ފުޅި ބަނގުރާކަމަށެވެ.
ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ހާމަކުރި ދެވަނަ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ދާޢޫދު ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓުއަމުރުގެ ދަށުން ހ. ކަހަފަތި ގެ ބަލާ ފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ 18 ޕަކެޓް ފެނިފައިވާކަމަށާއި އަދި މިމައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އުމުރުން 21 އަހަރުގެ، ހެންވޭރު ކަހަފަތި މުޙައްމަދު އަޙުމަދު ކަމަށެވެ. އަދި އެނާ ވަނީ އެގެ ބަލައި ފާސްކުރަންދިޔަ ފުލުހުންނަށް ތޫނުއެއްޗަކުން ބިރުދައްކާ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިކަމަށާއި އަދި އެވަގުތު 3 ފުލުހަކަށް އަނިޔާވެފައިވާކަމަށާއި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ދާޢޫދު ވިދާޅުވިއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހަކީ މީގެ ކުރިންވެސް ވައްކަމާއި މާރާމާރީގެ ރެކޯޑްސް އޮންނަ މީހެއްކަމަށް ވިދާޅުވިއެވެ.
މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ދާޢޫދު އިތުރަށް ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން މިމަހުގެ ތެރޭގައި މިހާތަނަށް 64 މައްސަލައެއް ނިންމާ ޕީ.ޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި މަސްތުވާތަކެތީގެ ވަރަށް ގިނަ ޢަދަދެއްގެ މައްސަލަތަކެއް ޕިޖީ އޮފީހަށް ފޮނުވިފައިވާކަމަށެވެ. އަދި ޕީޖީއާއި ވާހަކަ ދައްކައިގެން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށް ދޫކޮށްލެވިފައިވާ މީހުންގެ މައްސަލަތައް އަވަހަށް ޝަރީއަތަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ