ފިއްލަދޫގެ ގޭގެއާއި ފާހާނާތަކުގައި ކެމެރާ ހަރުކޮށްގެން އަންހެންކުދިންގެ ބަރަހަނާ މަންޒަރުތައް ވީޑިއޯކޮށް ފޮޓޯ ނަގަމުންދިޔަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ރޭގެ މެންދަމުގެ ވަތުތެއްގައި ފުލުހުން ހައްޔަރުކުރި މި ތިން މީހުންނަކީ އެރަށު އިންޖީނުގޭގައި މަސައްކަތް ކުރަމުންދާ ތިން މީހުންކަމަށާއި މި ގުރޫޕުން ފިއްލަދޫގެ ގޭގޭގެ ކޮޓަރިތަކާއި ފާޚާނާ ތަކުގައި ކުޑަ ކެމެރާ ޑިވައިސްއެއް ހަރުކޮށްގެން މީހުންގެ ބަރަހަނާ މަންޒަރުތައް ރިކޯޑު ކުރަމުންދާކަމަށް ފިއްލަދޫން ވާހަކަދެއްކި މީހަކުބުންޏެވެ.
ލަފާކުރެވޭ ގޮތުގައި މިމީހުން ކެމެރާތައް ހަރުކުރަމުން ގެންގޮސްފައިވަނީ ކަރަންޓް ރީޑިންގ ނަގަން ގޭގެއަށް ވަދެ އުޅުމުގެ ތެރޭގައިކަމަށާއި މިކަން ފަޅާއެރީ މީގެ ތެރެއިން އެކެއްގެ ލެޕްޓޮޕު ބޭނުންކުރި އެހެންމީހަކަށް ގިނަ ޢަދަދެއްގެ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ފެނުމުންނެވެ.އަދި މި ވީޑިއޯތަކާއި ފޮޓޯތަކުގެ ތެރޭގައި އެރަށުގެ ޒުވާން އުމުރުގެ އަންހެން ކުދިންނާއި ދެމަފިރިންގެ ވީޑިއޯތައް ހުރިކަމަށްވެސް ފިއްލަދޫން މައުލޫމާތު ދީފައި ވެއެވެ.



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ