28.10.10

މިފަހަރުގެ ކަޕް ގައި ނުފެންނާނެ ކަމަށް ބުނެފި

އެންމެ ފަހުން ލަންދޫގައި ކުޅެވުނު ހޮލިޑޭ ކަޕްގައި އެންމެ ރަގަނޅު އެއް ކުޅުމެއް ދައްކައި ފައިނަލުގައި ކުޅެ ބައެއްގެ ނުފޫޒާއި އަދި ރެފުރީ އާވެސް އިދިކޮޅަށް ކުޅެން ޖެހުމުގެ ސަބަބުން ތަށި ކާމިޔާބު ނުކުރެވުނު ކުލަބު ޗެލެންޖާސްގެ މުހިންމު ކުޅުން ތެރިޔެއް ކަމުގައިވާ ލަންދޫ އަޅިވިލާގެ އާތިފު ހަސަންއަށް މިފަހަރުގެ ހޮލިޑޭ ކަޕުގައި އެއްވެސް ވަރަކަށް ކުޅުމުގެ ތެރެއިން ނުފެންނާނެ ކަމަށް އާތިފު މިރޭގެ ވަގުތެއްގައި މި ބުލޮގަށް މައުލޫމާތު ދީފިއެވެ. ސަބަބަކީ ފަޔައް ލިބިފައިވާ ގެއްލުމުގެ ސަބަބުން މިހާރު ކުޅެފިނަމަ މުޅި އުމުރަށް ފުޓު ބޯޅަޔާ ދުރައްދާން ޖެހިދާނެ ކަމުގެ ބިރު ހީވުމެވެ. ނަމަވެސް ﷲ އިރާދަ ފުޅާއި އެކު އަންނަ އަހަރުގެ ކަޕުގައި ފެނުމަކީ ވެދާނެ ކަމެއް ކަމުގައެވެ.
އާތިފު އަކީ ލަންދޫގެ ނިސް ބަތުން ވަރަށްވެސް ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ހިތްވަރު ގަދަ ޖުވާން ކުޅުން ތެރިޔެކެވެ. އެންމެ ކުޑައިރުން ސުރެވެސް ބޯޅަ ކުޅުމަށް ފޯރި ހުންނަ އާތިފު ވަނީ ވަރަށް ކުޑަ އިރުންސުރެވެސް މީހުންގެ ސައުގުވެރިކަން ހޯދަމުންނެވެ. މީގެ އިތުރުން އާތިފު އަކީ ބޮޑުބެރު ޖެހުމާއި ލަވަކިއުމުގައި އެއުމުރުގެ ކުދިން ތަކުގެ ތެރެއިން ދެވަނަ އެއް ނެތް ލަންދޫ ޖުވާނެކެވެ.
މިފަހަރުގެ ހޮލިޑޭ ކަޕުން އާތިފު ނުފެނުމަކި ކުލަބު ޗެލެންޖާސް އިން ވަރަށް ކަންބޮޑު ވާނެ ކަމެއް ކަމަށް އެއްމެން ވެސް ގަބޫލު ކުރާނެއެވެ. އަދި އާތިފު އަކީ މި ކުލަބުން މިފަހަރު ގެއްލިގެން ދިޔަ ދެވަނަ ކުޅުން ތެރިޔާވެސް މެއެވެ. މިހެން ވުމުގެ ސަބަބުން މިކުލަބުން އިތުރު ހިތް ވަރަކާ އެކު މިފަހަރުގެ ކަޕް ގައި ކުރިން ފަހަރު ނުދިން ތަށި ހޯދުމަށް އިތުރު މަސައްކަތް ކުރަން ޖެހޭނެ ކަން ކަށަވަރެވެ. އަދި އުންމީދު ކުރެވެނީ މިފަހަރުގެ ކަޕުގައި އެންމެ ފަހުން ބޭއްވުނު ހޮލިޑޭ ކަޕުގައި ހިގާ ދިޔަ ކަހަލަ ތާކުން ތާކު ނުޖެހޭ ކަންތައްތައް ނުފެންނާނެ ކަމަށެވެ.

1 ޚިޔާލު:

Anonymous said...

ތިޔައީ ރަގަނޅު ވާހަކައެއް ކުރިން ފަހަރު ކަންތައްވީ ވަރަށް ވެސް ކަޑަ ކޮން މިފަހަރު ރަގަނޅު ވާނެހެން ހީވަނީ

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ