29.10.10

މިރޭ ލިޔެސްގެ ބައްދަލު ވުމެއް ބާއްވައިފި

މިރޭގެ ބޭއްވިގެން ދިޔަ ބައްދަލު ވުމުގައި ވާހަކަ ދެކެވުނީ މައިގަނޑު ތިން ކަމަކާ ބެހޭ ކޮތުންނެވެ. އެކަންކަމަކީ އީދުކުޅިވަރާއި ބެހޭ ގޮތުންނާއި ހޮލިޑޭ ކަޕާއި ބެހޭ ގޮތުންނާއި އަދި ލިޔެސް ޖަމުއްޔާގެ އިމާރާތާއި ބެހޭ ގޮތުންނެވެ.
މިފަހަރުގެ އީދުގައި ބާއްވާނެ ކުޅިވަރު ތަކާއި އަދި އެކުޅިވަރުތައް ބޮލު އަޅައިގެން ދުވާނެ ފަރާތެއް މިރޭގެ މައްދަލު ވުމުގައި ވަނީ ހަމަޖެހި ނިމިފައެވެ. މިގޮތުން މިފަހަރު ކުޅެވޭނެ ކުޅިވަރު ތަކުގެ ގޮތުގައި ހަމަ ޖެހިގެން ދިޔައީ ވާދެމުން، ފެސެން ސޯ، ވާދައިގެ މަސްބުރު، ކޯޑި، ފެންކުޅި، ބޮޑު މަސް، ހިތްޗަ ވަޑައިގަތުން، ވޮލީ، އަދި ދެލި މާލި އެވެ. މިކަންތަކައް އިނާމު ވެސް ވަނީ ހަމަ ޖެހިގެން ގޮއްސައެވެ.
މިހާރު ހަދަމުން އަންނަ ލިޔެސްގެ އިމާރަތް ހެދުމާއި ބެހޭ ގޮތުން އެންމެންގެ މެދުގައި ވާހަކަ ދެކެވި ނިމިފައި ވަނީ މަސަތްކަތު ދުވަހެއް ފާހަގަ ކުރުމައްފަހު އިމާރާތް ހެދުމަށް ހަރަދު ކުރުމަށެވެ. ސަބަބަކީ މިހާރު ލިޔެސްގެ ބަޖެޓުގައި މިކަމަށް ހަރަދު ކުރާނެ ފައިސާ ނެތުން ކަމަށް މައުލޫމާތު ދީފައި ވެއެވެ. އަދި މީގެ އިތުރުން ހޮލިޑޭ ކަޕާއި ބެހޭ ގޮތުން އެކި ކަންތައްތަކާ ބެހޭ ގޮތުން މަސްވަރާ ކޮއްފައި ވެއެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ