28.10.10

ލަންދޫ ސުކޫލުގެ މައްސަލައެއް.....؟

މިއި ލިބިފައިވާ މެއިލްއެއްް؛ ކުރީގެ ލަންދޫ ސުކޫލްގެ އެންމެ އިސް ވެރިޔާ އަދި މިހާރުގެ ލަންދޫ ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަބުދުއްﷲ އާމިރު (އަރާއިރު ނ.ލަންދޫ) ސުކޫލުގެ ޓީޗަރެއްގެ ނަމުގައި އޭނާގެ އަންހެނުން ފާތުމަ ލިވިންގް ލާން ސެންޓަރުން ހިންގި ވޯކްސޮޕެއްގައި ބައިވެރިކޮއް ގިނަ އަދަދެއްގެ ފައިސާ އެސެންޓަރުން ނަގާފައިވާ މައްސަލައެއް ވަރަށް ބާރު ސުޕީޑްގައި މިހާރު އެންޓި ކޮރަޕްސަން ކޮމިސަނުން ބަލަމުން އެބަގެންދެއެވެ.
ނަން ހާއްމަކުރަން ނޭދޭ ފަރާތަކުން މި ބްލޮގަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މިއީ ލަންދޫ ސުކޫލުގައި ހިންގާފައިވާ އަމަލަކަށްވެފާ މިކަމުން އާމިރަށް ރެކެވެން ނޯންނާނެ ކަމަށެވެ.އަދި އާމިރުގެ އަންހެނުން ފާތުމަ އެ ވޯކް ސޮޕްގައި ބައިވެރިކޮއްފައިވަނީ ލަންދޫ ސުކޫލްގެ ތީޗަރ މަރިޔަމް ޔޫސުފްގެ ނަންމަތީގައެވެ.އަދި މިފަހަކުން އުތުރު ޕްރޮވިންސްގައި ލިވިންގް ލާން ސެންޓަރުން ހިންގި މިފަދަ އެހެން ވޯކްސޮޕެއްގައި އިއްތިފާގުން ލަންދޫ ސުކޫލުގެ ޓީޗަރ މަރިޔަމް ޔޫސުފް ބައިވެރިވިކަމަށާއި އެ ފަހަރު ތަކުރާރްކޮއް ބައިވެރިވީ ކީއްވެތޯ އެ ސެންޓަރުން މަރިޔަމް ޔޫސުފާއި ސުވާލް ކުރި ކަމަށްވެސް މި ބްލޮގަށް ވަނީ ވަރަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ލިބިފައެވެ.
މިހާރު މިމައްސަލާގައި ލަންދޫ އޮފީހުގެ ކުޑަކަތީބް އަބުދުއްނާސިރު އަލީ ކޮމިސަނަށް ހާޒިރު ކޮއްފައިވާކަމަށާއި އަދި މި ކަމަކީ ކިހިނަކުން ހިގާފައިވާ ކަމެއްތޯ ބަލައި ދިނުމަށް ކޮމިސަނުގެ ފަރާތުން ލަންދޫ އޮފީހުގައި މެސެޖަކުން އެދިފައިވާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ