ބިސްމި ﷲ ކިޔާފައި ނޫނީ އެއްވެސް ކަމެއް ނުކުރުމަށް އާދަކޮށްފައިވާ ވަރަށް އަޅުވެރި އަންހެނަކު އެއްޒަމާނެއްގައި އުޅުނެވެ. ބައެއް ފަހަރަށް އަންހެންމީހާގެ މިކަމަށްޓަކައި ފިރިމީހާ ޖޯކުވެސް ޖަހައެވެ. ނަމަވެސް އެކަމާއި މި އަޅުވެރި އަންހެނާ އަޅައެއް ނުލައެވެ.
އެއްދުވަހަކު ފިރިމީހާއަށް ފެނުނީ ބިސްމިﷲ ކިޔާފައި އަންހެންމީހާގެ އަނގޮޓި ބާލާ، ކަބަޑުގައި ބޭއްވިތަނެވެ. އަނގޮޓި ރައްކާތެރިކޮށްދެއްވުމަށް އެދި މަތިވެރި ﷲ ގެ އިސްމުފުޅު ކީ ފަދައެވެ. މިތަންފެނުމުން ފިރިމީހާ ވަރަށް ސިއްރުން ގޮސް އަގޮނޓި ނަގާފައި ކުޑަދޮރުން ގެ އާދިމާބޭރުގައި އޮތް ކޯރުތެރެއަށް އެއްލާލައިފިއެވެ. ފިރިމީހާގެ ބޭނުމަކީ ބިސްމިﷲ ކިޔަކަސް އޭތި ރައްކާތެރިނުވާނެކަން ޔަޤީންކޮއްދިނުމެވެ.
ޖެހިގެންއައިދުވަހު ފިރިމީހާ މަސައްކަތް ނިންމާ، ގެއަށް އައުމަށްފަހު، އަނބިމީހާ ގާތުގައި އަނގޮޓި ކޮބާހޭ ސުވާލުކުރިއެވެ.
އަނބިމީހާ ހަމަ އެހެންޏާވެސް އަނގޮޓި ބާއްވާތަނުން އަނގޮޓިނަގައިން އައިސް ފިރިމީހާއަށް ދެއްކިއެވެ.
ފިރިމީހާހުރީ ބުނާނެއެޗެއްވެސް ނޭނގިފައެވެ. އިރުކޮޅަކު ހުރުމަށްފަހު ބުންޏެވެ. "އަހަރެންނަށް މާފު ކުރާށެވެ. އަހަރެން އިއްޔެގައި ތި އަނގޮޓި ކޯރަށް އެއްލާލީމެވެ. އަނގޮޓި އަނބުރާ ލިބުނު ގޮތް އަހަރެންނަށް ކިޔާދީބަލާށެވެ."
އަނބިމީހާ ފަޚުރުވެރިކަމާއި އެކު ކިޔާދޭން ފެށިއެވެ. "އަހަރެން މިއަދު މެންދުރަށް ކައްކަން މިތާ މަސްވިއްކާ މީހާގެ އަތުން މަހެއްގަނެގެން، ގެއަށްއައިސް އޭތި ކަނޑަނިކޮށް އޭތީގެ އެތެރޭން އަހަރެންނަށް މި އަނގޮޓި ފެނުނީ، ދެން ވިސްނުނީ މީ ބިސްމި ﷲ ކިއުމުން އެއްޗެއް ރައްކާތެރި ނުވާނެކަން އަހަރެންނަށް ޔަޤީން ކޮށްދޭން ހިތުލައިގެން ފިރިމީހާ ކުރިކަމެއްކަން، އެހެންވެގެން ގެއަށް ކާން އަންނަން ވާއިރަށް އަނގޮޓި ދޮވެ ރީތިކޮށްލާފައި ގެންގޮސް އަވަހަށް ކަބަޑަށްލީ



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ