26.11.10

ޖަމުއްޔާގެ ރައިސް ކަމަށް ގަދަކަމުން އަލީ ހާފިޒު

ލިޔުނީ: ނިއްޓޭ) މިރޭ ބޭއްވިގެންދިޔަ ލިޔެސް ޖަމުއްޔާގެ ބައްދަލު ވުމުގައި ހިންގާ ކޮމެޓީގެ ގިނަބަޔަކު އިސްތިއުފާ ދޭ ކަމަށް އިއުލާން ކޮއްފި އެވެ. އަދި ޖަމުއްޔާގެ ރައީސް ވެސް އިސްތިއުފާ ދޭނެ ކަމުގެ ޔަގީން ކަން ދީފިއެވެ. ޖަމުއްޔާގެ ރައީސް ހަފުސީ އަބުދުﷲ އިސްތިއުފާ ދޭންޖެހޭ ސަބަބެއް ކަމަށް ވަނީ ޖަމުއްޔާގެ ކަންތައްތައް ހިންގުމަ ދޭންޖެހޭ ވަގުތު ނުދެވޭތީ ކަމުގައި ވެސް ވެޔެވެ. ސަބަބަކީ ރަށުން ބޭރުގައި ގިނަ ދުވަސްތައް ހޭދަކުރަން ޖެހުން ކަމުގައި މައުލޫމާތު ދީފައި ވެޔެވެ. މީގެ އިތުރުން ޔޫސުފް އަބުދުއްރަހީމު ވެސް ވަނީ އިސްތިއުފާ ދޭނެ ކަމަށް އިއުލާން ކޮއްފައެވެ. އަދި މީގެ އިތުރުން ޖަމުއްޔާގެ މައި ތަނބު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ ސަލީމު ހުސެއިން (މެއްޑޯ) ވެސް ވަނީ އިސްތިއުފާ ދޭނެ ކަމަށް އިއުލާން ކޮއްފައެވެ. މިހެން ވުމުން ހިތައް އަންނަ ސުވާލަކީ މެއްޑޯ އާނުލާ ޖަމުއްޔާ ހިންގިދާނެ ބާވާއެވެ. މީގެ އިތުރުން ޖަމުއްޔާގެ ހުރިހާ ފައިސާ އަކާއި ހަވާރުވެ ހުންނެވި މާލީ ވަޒީރު އަދި ލިޔެސްގެ ސައިޓުގެ އެޑުމިން ކަމުގައިވާ އިބުރާހިމު ފާއިޒު (ސޮޕަޓޭ) ވެސް ވަނީ އިންތިއުފާ ދޭނެ ކަމުގައި އިއުލާން ކޮއްފައެވެ.
މިހެން ކަންތައް ވުމުގެ ސަބަބުން ޖަމުއްޔާގެ އިންތިހާބަކައް ދަންދެން ވަގުތީ ރައީސްގެ ގޮތުގައި އަލީ ހާފިޒު ވަނީ ހަމަ ޖައްސާފައެވެ. ރައީސް ކަމަށް ހާފިޒު ހޮވިފައި ވަނީ މިކަމަށް ކުރިމަތި ލާނެ އެއްވެސް މީހަކު ނުވެގެން ގަދަ ކަމުން ކަމުގައި ހަބަރު ލިބިފައި ވެޔެވެ. ދެން މީގެ އިތުރުން ޖަމުއްޔާގެ ހިންގާ ކޮމެޓީއަށް ނަގާފައި ވަނީ ލައިބު، އާރިފު، އަމުޖަދު، އަޒީޒު، އަދި އިރުސާދު އެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ