މުހައްމަދު ސަމާހު (ސަމައްޓޭ) އަކީ މިފަހަރުގެ އާރު އެސް ލިޔެސް ހޮލިޑޭ ކަޕުގައި ރަންބޫއްޓަށް ވާދަ ކުރާ ހަމައެކަނި ލަންދޫ ކުޅުންތެރިޔާ އެވެ. ދެން މި މަގާމަށް ވާދަ ކުރާ ކުޅުންތެރިންނަކީ ރަށުން ބޭރުން ގެނެސްފައިވާ ރާއްޖޭގެ ނިސްބަތުން މާއްސޫރު 3 ކުޅުންތެރިން ނާއި އަތޮޅުގެ ހުނަރުވެރި 1 ކުޅޫން ތެރިޔާއެވެ. މިހާތަނަށް މިލިސްޓުގެ ފަހުރުވެރި 1 ވަނައިގައި ވަނީ 3 ގޯލާއި އެކު ފުރަތަމ ޑިވިސަންގެ މާޒިޔާއަށް ކުޅެމުން އަންނަ އިބުރާހިމް ފުރުގާން (ފުގޭ) އެވެ. މީގެ އިތުރުން ދެން ވާދަ ކުރަމުން އަންނަ ހަތަރު ކުޅުންތެރިން ވެސް ޖަހާފައި ވަނީ 2 ގޯލެވެ. މި ކުޅުންތެރިންނަކީ ލަންދޫގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ސަމާހު (ސަމައްޓޭ)، ރާއްޖޭގެ މައްސޫރު ފޯވާރޑު ހުސެއިން ސިމާޒު (ކޮކީ)، ވިޔަންޖާގެ ފޯވަރޑު އަބުދުﷲ މުއާޒު (އޮޓޯ)، އަދި މި ޒޯންގެ މައްސޫރު ކުޅުންތެރިޔާ މޫސަ (ބެކަމް) އެވެ. ރާއްޖޭގެ ނިސްބަތުން މައްސޫރު ކުޅުންތެރިންނާ އެއްހަމައިގަ ހިފަހައްޓާ ލެވުމަކީ ސަމައްޓޭއަށް ލިބިގެންދާ ވަރަށް ވެސް ބޮޑު ފަހުރެކެވެ.
27.11.10
ރަންބޫއްޓަށް ވާދަ ކުރާ ހަމައެކަނި ލަންދޫ ކުޅުންތެރިޔާ
Author: ވާނުވާ
| Posted at: 00:31 |
Filed Under:
ރިޕޯޓް
Subscribe to:
Post Comments (Atom)



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ