މިއަދު ކުޅެވުނު އާރު އެސް ލިޔެސް ހޮލިޑޭ ކަޕުގެ ފައިނަލުގައި ކުލަބު ޗެލެންޖާސް އާއި ވެލޯސިޓީ ބައްދަލު ކުރި މެޗު 6 ގޯލުގެ ތަފާތު ބޮޑު ނަތީޖާއަކުން ޗެލެންޖާސް ތަށި ކާމިޔާބު ކޮއްފިއެވެ. މިމެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު ޗެލެންޖާސް އިން ޖަހާފައި ވަނީ 7 ގޯލެވެ. މީއީ މި މުބާރާތުގައި ފެނިގެނަ ދިޔަ އެންމެ ގިނަ ގޯލު ފެނިގެން ދިޔަ މެޗެވެެ. އަދި މިބާރާތުގެ ފުރަތަމަ ހެޓުރިކް ފެނިގެން ދިޔަ މެޗުވެސް މެއެވެ. މުބާރާތުގެ ހަމަ އެކަނި ހެޓުރިކު ހަދާފައި ވަނީ ޗެލެންޖާސްގެ ފުރުގާން (ފުގޭ) އެވެ. މިޔަދު ކުޅެވިގެން ދިޔަ ފައިނަލު މެޗުގެ މޭން އޮފުދަ މެޗު ލިބިފައި ވަނީވެސް ފުގޭ އަށެވެ.
ފައިނަލު މެޗު ނިމުމާއި ގުޅިގެން އިނާމު ދިނުމުގެ ގަލުސާ ވަނީ ވަގުތުން ކުރިޔަށް ގެންގޮސް ފައެވެ. އެގޮތުން އެންމެ މޮޅު ކުޅުންތެރި ޔާގެ އިނާމު ލިބިފައި ވަނީ ޗެލެންޖާސްގެ ފުރުގާން ފުގޭ އެވެ. އެންމެ މޮޅު ފޯވާރޑު މަގާމު ލިބިފައި ވަނީ ޗެލެންޖާސްގެ ސަމާހު އަށެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ހޮވިފައިވަނީ ޗެލެންޖާސްގެ ފުރުގާން އެވެ. އެންމެ މޮޅު މިޑޫފިލުޑަރު އަށް ހޮވިފައި ވަނީ ނައުސާދު (ނާގޭ) އެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ލިބިފައި ވަނީ ޗެލެންޖާސްގެ ސިންނޭ އަށެވެ. އެންމެ އުއްމީދީ ކުޅުން ތެރިޔާއަށް ހޮވިފައި ވަނީ ވެލޯސިޓީގެ ސަމްމޫނު އަށެވެ. އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމު ލިިބިފައި ވަނީ މިޔަދު މެޗުގައި ލިބުނު ޕެނަލްޓީ ކުޅަދާނަ ކަމާއިއެކު ދިފާއުކުރި މުޅި މުބާރާތުގައިވެސް ބައިވެރިއި އެންމެ ހަގު ކީޕަރު ޗެލެންޖާސްގެ ސަކީލު އެވެ. އަދި މުބާރާތުގެ ފެއާ ޕުލޭ ކުޅުންތެރިޔާ އަށް ހޮވިފައި ވަނީ މޫސާ އިބުރާހިމު (ބެކަމު) އެވެ.



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ