23.10.10

އެއްވަނަރާއްޖޭގެ ހުޅުލޭ އައިލެންޑް ހޮޓަލަށް

ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގައި ދޭ އެންމެ ޝަރަފްވެރި އެވޯޑްކަމުގައިވާ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްގެ ލަގްޒަރީ އެއަރޕޯޓް ހޮޓެލް ގެޓަގަރީން އެއްވަނަ މަގާމް ރާއްޖޭގެ ހުޅުލޭ އައިލެންޑް ހޮޓަލަށް ލިބިއްޖެއެވެ. މި އެވޯޑް ހުޅުލޭއައިލެންޑް ހޮޓަލަށް ލިބުނީ ދުނިޔޭގެ މަޝްހޫރު އެތައް ހޮޓަލް ތަކަކާ ވާދަކޮށްގެންނެވެ.

މި އެވޯޑަކީ ހޮޓާތަކުންދޭ ހިދުމަތްތަކާއި ހޮޓަލުގެ ފެންވަރަށް ބަލާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މިންވަރަށް ބަލާފައިދޭ އެވޯޑެކެވެ. ހުޅެލޭ އައިލެންޑް ހޮޓެލްވަނީ 2008 ވަނައަހަރުގަވެސް ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްގައިވަނަ ހޯދާފައެވެ. އަދި 2009 އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްގަވެސް ހުޅުލޭ އައިލެންޑް ހޮޓަލް ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ.

ތައިލެންޑްގައި މިއަހަރު އޮތް ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑް ގައި ހުޅުލޭ އައިލެންޑްއަށް ލިބުނު މި އެވޯޑާ ހަވާލުވީ ހުޅުލޭ އައިލެންޑް ހޮޓަލްގެ ޖެނެރަލް މެނޭޖަރ އުޓްކާޝް ފައުޖްދަރްއެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ