ޓީޗަރުންގެ ދުވަހަކީ އެމީހުންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދާ ދުވަހެކެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަސް ޓީޗަރުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ވަރަށް އުފާވެރި ދުވަހެއްގެ ގޮތުގަ އެވެ. އެއީ ޓީޗަރުން ހިނިތުންވުމުގެ ދުވަހެވެ. ކުދިން ބައިވެރިކޮށްގެން ތަފާތު ހަރަކާތްތައް އެ ދުވަހުގައި ބާއްވައެވެ.
ޓީޗަރުންގެ ދުވަހާ ގުޅިގެން އެންމެ ގިނަ ކުދިން، ޓީޗަރުންގެ އަގު ވަޒަންކުރަނީ ދޭ ހަދިޔާތަކުންނެވެ. ހާއްސަކޮށް ޓީޗަރުންނަށްދޭ މާބޮޑި ވެފައިވަނީ ޓީޗަރުންނަށް އެންމެ ގިނައިން ލިބޭ ހަދިޔާ އަކަށެވެ. ހަމައެއާއެކު ހަދިޔާ ދިނުމުގެ ބަދަލުގައި ކުދިންނަށް ޓީޗަރުންނާ މުޚާތަބުކޮށް ރީތި ބަހެއްވެސް ބުނެވިދާނެ އެވެ. މިސާލަކަށް ޓީޗަރުންގެ ދުވަހާ ގުޅިގެން ޝުކުރިއްޔާ ގެ ބަހެއް ބުންޏަސް ޓީޗަރުންނަށް އެވާނީ ވަރަށް ބޮޑު އުފަލަކަށެވެ.
ޓީޗަރުންގެ ދުވަސް ހުރިހާ އެންމެންވެސް ފާހަގަ ކުރަނީ އުފާވެރި ދުވަހެއްގެ ގޮތުގަ އެވެ. ޓީޗަރުންގެ އަގު އެންމެންވެސް ވަޒަން ކުރަނީ ވަރަށް ހިތްހަމަޖެހުމާއެކުގަ އެވެ. ކިޔަވާ، ކުދިން، ބަޔަކަށް ހަދައި، ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު ޒިންމާ އެޅިފައިއޮތް އެއް ބަޔަކީ ޓީޗަރުންނެވެ. އެހެންވެ ޓީޗަރުންގެ ދުވަހުގައި އެމީހުންނަށް މަރުހަބާ ދަންނަވަން ޖެހެ އެވެ. އަދި ހަމައެއާއެކު ޓީޗަރުން ބުރަ މަސައްކަތެއް ކުރާނަމަ އެކަމުގެ ނަތީޖާ ކުދިންގެ ކިބައިން ފެންނަންވެސް ޖެހޭނެ އެވެ.
0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ