5.10.10

އެ ދަތުރު



އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތެވެ. މީހަކު ސަލާމް ގޮވާލިއަޑަށް ރަމްޝާ ބޭރަށް ނިކުމެއްޖެއެވެ. ކުރިމަތީގައިހުރީ ދުވަހަކުވެސް ނުދެކޭހާ ރީތި ފިރިހެނެކެވެ. އަހަރެންހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ސަލާމް ބަލައިގަންނަންވެސް ނޭގިފައެވެ. އަހަރެން ހިތަށް އެރިއެވެ. ނޫނޭވާ ރީތި މީހުންވެސް ދުނިޔޭގައި އުޅެއެވެ. އޭނާ ކަރުކެހިލިއެވެ. އަހަންނަށް ހޭވެރިކަންވީ ދެނެވެ. އޭނާ ބުނެލިއެވެ. ފެންތައްޓެއް ލިބިދާނެތަ! ރަމްޝާ. އަޅައިގަންނަ ކަހަލަ ގޮތަކަށް އަ އާ އާ ލިބިދާނެ. ޖޯލީގައި އިށީދޭ. ރަމްޝާ ފެންތަށި ދިނުމުން ބޯލުމަށްފަހު އޭނާ ބުންޏެވެ. އަހަންނަށް ކިޔަނީ ޢިމްރާން... ކޮންނަމެއްތަ ކިޔަނީ... ރަމްޝާ ތެޅިގެންފައި... ކިޔަނީ ރަމްޝާ... ހާދަރީތި ނަމެކޭ... ޢިމްރާން ބުންޏެވެ. ރަމްޝާ ހީލިއެވެ. އިމްރާން ފެންބުއިތަށި ރަމްޝާއަށް ދިއްކޮށްލިއެވެ. އަދި ތަށީގައި ހިފަން ރަމްޝާ އަތްދިއްކޮށްލުމުން ޢިމްރާންގެ އަތުން ރަމްޝާގެ އަތުގައި ހިފާލިއެވެ. ރަމްޝާއަށް ހީވީ މުޅި ހަށިގަޑަށް ކަރަންޓް އައިހެންނެވެ. ތަށިވެސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ހާދަ ހުޝިޔާރެވެ. ޢިމްރާން ބުންޏެވެ. ރަމްޝާ ދެން ދަނީ... ރަމްޝާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ޢިމްރާން ގޮސް ލޯމަތިން ގެއްލެންދެން ބަލަހައްޓައިގެން ރަމްޝާއަށް ހުރެވުނެވެ. ހާދަ ރީއްޗެވެ. ހާދަ ސްމާޓެވެ. އެހެރަ ހިނިތުންވުމެއް..
ރަމްޝާ ކައިހަދައިގެން ވާހަކަފޮތެއް ހިފައިގެން އެނދުގައި އޮށޯވެއްޖެއެވެ. މިރޭ ވާހަކަ ފޮތެއްވެސް ކިޔާހިތެއް ނުވިއެވެ. ފޮތް ހުޅުވާލިއަސް ފޮތްތެރޭން ފެންނަނީ ޢިމްރާންގެ ރީތި ސޫރައެވެ. ރީތި ދެލޯ.. ރީތި ހިނިތުންވުމެވެ. ފޮތް ލައްޕާލާފައި އެދުމަތީގައި ފޮތް ބާއްވައިފީމެވެ. ދެލޯ މަރާލައިފީމެވެ. ނިދޭތޯއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި މިހާރު ގައިގާ ރިއްސަން ފަށައިފިއެވެ. މިރޭމިވަނީ ކޮންކަހަލަ ގޮތްތަކެއް ބާވައެވެ. އަނެއްކާ އަހަންނަށް ޢިމްރާންދެކެ ލޯބި!!! ނޫނޭ... ނޫނޭ... ނުވެސް ދަންނަ މީހަކު ދެކެ ކިހިނެއް ލޯބިވާނީ.... އެއީ ކާކުކަމެއްވެސް... އަދި ކޮންތާކުން އައި މީހެއްކަމެއްވެސް އަހަންނަކަށް ނޭގޭ.... މިކަހަލަ ޚިޔާލުތަކެއްގެ ތެރޭގައި އުޅެނިކޮށް ނިދުނު އިރެއްވެސް ނޭގެއެވެ.
އެރެއަށްފަހު ޢިމްރާނެއް ރަމްޝާއަކަށް ނުފެނެއެވެ.

އޭގެ ހަފްތާއެއްގެ ފަހެވެ. ރަމްޝާގެ ރައްޓެހި ކުދިންތަކަކާއެކު ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރު ދިޔައެވެ. ހުރިހާކުދިން ހެނދުނު ސައިބޮއެ ހަދައިގެން މެންދުރަށް ކައްކާ ނިންމާލުމަށްފަހު ހުރިހާކުދިން ދިޔައީ ކުޅިވަރު ކުޅުމަށެވެ. ވަރަށް މަޖަލެވެ. އެކި ކުޅިވަރުތައް ހުރިހާކުދިންވެސް ކުޅުނެވެ. ދެން ހުރިހާކުދިން ހަވީރު ސައި ކަންތައް ނިންމާލުމަށްފަހު އެކިކުދިން ރަށްވަށާ ބުރުޖަހާލަން ދާން ނިކުމެއްޖެއެވެ. ރޭހެއްގެ ގޮތުގައެވެ. ރަމްޝާވެސް ބުރުޖަހާލަން ދިޔައެވެ. ބައެއްކުދިން ދުވެފަ، އަނެއްބައިކުދިން ހިގާފަ. މިކަހަލަ ގޮތަކަށް އެކަކަށްވުރެ ކުރިން ބާރަށް އަނެކަކު ދިޔައެވެ. އެއްބައިކުދިން ރަށުތެރެއިންނެވެ. އަނެއްބައިކުދިން އަތިރިމަތިންނެވެ. ރަމްޝާވެސް ކުރިން ރޭސް ނިންމާލަންވެގެން ދިޔައީ ރަށުތެރެއިންނެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ރަމްޝާއަށް މަގު އޮޅިއްޖެއެވެ. ދެވޭ ނުދެވޭ ދިމާއެއް ޚުދު ރަމްޝާއަކަށްވެސް ނޭގުނެވެ. ހީވަނީ ވަރަށް ދުރަށް އާދެވިއްޖެ ހެންނެވެ. ރަމްޝާއެކި ކުދިންގެ ނަމުން ގޮވަން ފަށައިފިއެވެ. އެއްވެސް ކުއްޖަކު އަޑުއިވޭ ހިސާބަކު ނެތެވެ. ރަމްޝާ އަށް ބިރުންގޮސް ރޮވިއްޖެއެވެ. އަނދިރި ވަނީއެވެ. އިރުއޮއްސެނީއެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ. ދާނެ ނުދާނެ ދިމާލެއް ނޭގި ހުއްޓެވިއެޖެއެވެ. ފާޑު ފާޑުގެ ބިރުވެރި އަޑުތަކުން މުޅި މާހައުލު ވަނީ ގުގުމާލާފައެވެ. ރަމްޝާއަށް ބާރަށް ރޮއިގަނެވިއްޖެއެވެ. ކުއްލިއަކަށް މީހަކު ރަމްޝާއަށް ގޮވާލިއަޑު އިވިއްޖެއެވެ. އަޑަކީ ފިރިހެނެއްގެ އަޑެވެ. އަޑު އައިދިމާއަށް ރަމްޝާއަށް ތެޅިގަންފައި ބަލާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރަމްޝާގެ ބިރުވެރިކަން އިންތިހާއަށް ހިގައްޖެއެވެ. އަނެއްކާވެސް ދެވަނަފަހަރަށް ގޮވާލައިފިއެވެ. ދަންނަ އަޑެއްހެން ހީވިއެވެ. އަނެއްކާވެސް އަޑުއައި ދިމާއަށް ބަލާލެވުނެވެ. މިފަހަރު ކުރިމަތީގައި މީހަކު އެބަހުއްޓެވެ. ރަމްޝާ ބިރުން ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ. ތި.. ތި... ތީ ކާކު؟؟؟ އެމީހާ އެއްވެސް ޖަވާބެއް ނުދީ ރަމްޝާއާ ކައިރިވަމުން އާދެއެވެ. ރަމްޝާއަށް ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް ކުރާނެ ކަމެއްނެތެވެ. ވަށައިގެން ވަނީ ބިޔަ ގަސްތަކެވެ. އެމީހާ ރަމްޝާއާ ވަރަށް ކައިރިވެއްޖެއެވެ. ރަމްޝާ ހުރީ ދެލޯބޮޑުވެ, އަނގަ ހުޅުވިފައެވެ. ކުރިމަތީގައި މިހުރީ ޢިމްރާން އެވެ. ރަމްޝާއަށް އިތުރު ހިތްވަރެއް ލިބިއްޖެއެވެ. ރަމްޝާ މަޑުމަޑުން ގޮވާލިއެވެ. ޢިމްރާން!! އަދި އެއްވެސް ޚިޔާލެއް ނެތި ޢިމްރާން ގައިގައި ބައްދާއިގަތެވެ. ބިރުންގޮހެވެ. ހަމަ މަދު ސިކުންތު ކޮޅަކަށްފަހު ޢިމްރާންގެގައިން ރަމްޝާ ދުރުކޮށްލިއެވެ. އެރީތި އަޑު ބިރުވެރި އަޑަކަށް ބަދަލު ވެއްޖެއެވެ. އަދި އެރީތި ހަށިގަޑު ވަރަށް ހުތުރު ސިފައަކަށް ބަދަލުވެއްޖެއެވެ. އަހަންނަކީ ޢިމްރާނެއް ނޫން.... ހައްހައްހާ..... އަހަންނަކީ ޖިންނިއެއް... ކަލޭގެ ރީތިކަމުން ކަލޭގެ ދަލުގައި އަހަރެން ޖެއްސީ..... އަހަރެން އެދުވަހު އިރުއޮއްސުނު ގަޑީގައި ތިގެއަށް ދިޔައީ ފެންބޯކަށެއް ނޫން.... ކަލޭ ނުފެންނާތީ.... ހައްހައްހާ... ކަލޭ މިތަނަށް މިގެނައީވެސް އަހަރެންގެ ބާރުގައި..... ދެން ސަލާމަތެއް ނުވެވޭނެ....މިއަދު ތިހުރީ އަހަރެންގެ އަތްދަށުވެފައި.... ރަމްޝާގެ މުޅި ހަށިގަޑު ތުރުތުރު އަޅަން ފަށައިފިއެވެ. ތިހެން އަހަންނަށް ނުހަދާ.. އަހަރެންގެ ކުށަކީ ކޮބާ... ރީތިވުން އެއީ އަހަރެންގެ ކުށެއްތަ..... އަހަރެން ހެއްދެވީ ﷲ... އަދި ކަލޭވެސް ހެއްދެވީ ﷲ. އެ ނުލަފާ ޖިންނި ރަމްޝާކިޔާ އެއްވެސް އެއްޗެއް އަޑެއް ނާހައެވެ. ރަމްޝާ އެ ބިރުވެރި ޖިންނި ކައިރީގައި ރޮއި އާދޭސް ކުރަމުން ގެންދިޔައެވެ. އައްދޯތް... ތިހެން ނުހަދާ... އަހަރެން ދޫކޮށްލާ.... އެހެން ނަމަވެސް.....އެ ޖިންނި ބޭނުންހާ ގޮތެއް އަހަންނަށް ހަދަމުން ގެންދިޔައެވެ. އަހަންނަށް ދެއްކޭނެ އެއްވެސް ބާރެއް އަދި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ޖިންނި އެއްގެ ކައިރީގައި އިންސިއަކަށް ކުރެވޭނީ ކޮންކަމެއް..... ސަލާމަތް ވެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެ ބިރުވެރި ޖިންނި ކައިރީގައި އަހަންނަކަށް އެއްވެސް ގޮތެއް ނުހެދުނެވެ. އެންމެ ފަހުން އޭތީގެ ޝިކާރައަކަށް ވެއްޖެއެވެ.

ދޯނި ރަށަށްދާން ފުރަންވެގެން މީހުން ހަމަތޯ ގުނަމުން ގެންދިޔައިރު އެކަކު މަދެވެ. އެއީ ރަމްޝާއެވެ. ރަމްޝާއެއް ދޯންޏަކު ނެތެވެ. ކުދިންތައް ބުންޏެވެ. ރަށްވަށާ ބުރުޖަހަން ދިޔައިރު ރަމްޝާވެސް ދިޔައެވެ. އޭގެ ފަހަކުން ނުދެކެމެވެ. މުޙަންމަދު ބުންޏެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ. މިހާރު އިރުވެސް އޮއްސިއްޖެއެވެ. އަދިރި ވެއްޖެއެވެ. ދޯނީގައި އިސްކޮށްތިބި މުޙަންމަދާއި ހަސަނު ޓޯޗު ބައްތިއެއް ހިފައިގެން ރަމްޝާ ހޯދުމަށް ދޯނިން ފައިބައިފިއެވެ. އަތިރިމަތިން ތަންކޮޅަކަށް ހިގާލިތަނާ އަތިރިމަތީ ރާޅުފަށުގައި ވެއްޓިފައިއޮތް މީހަކު ފެނިއްޖެއެވެ. ހަމަ ފެނުމާއެކު ހަސަނު ބުންޏެވެ. އެއޮތީ ރަމްޝާކަންނޭގެ. ދެމީހުން އަވަސް ފިޔަވަޅުތަކެއްގައިގޮސް އެމީހަކާ ދިމާއަށް ޓޯޗުން އަލިކޮށްލިއެވެ. މުޅި މީހާވެސްއޮތީ ލެއިން ތަތްތެޅިފައެވެ. މޫނުގައިވެސް ވަރަށްބޮޑެތި ޒަޙަމްތައް ހުއްޓެވެ. އެކަމަކުވެސް އެދެ މީހުންނަށްވެސް އެއީ ރަމްޝާކަން އެގުނެވެ. ދެމީހުންނަށްލިބުނީ ޝޮކެކެވެ. ކަމަކުދާކަށް ނެތެވެ. ދެމީހުންވެސް ތިބީވަރަށް ބިރުގެންފިއެވެ. ވަރަށް ބިރުންތިބެ ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ރަމްޝާއަށް ގޮވާލިއެވެ. ރަމްޝާ!. ރަމްޝާ!.. ޚަބަރެއް ނުވިއެވެ. ދެން އަހަންމަދުބޭ ރަމްޝާގެ އަތުގައިހިފައި ވިންދު ހުރިތޯ ބަލައިލިއެވެ. ވިންދު އެބަހުއްޓެވެ. ރަމްޝާ އޮތީ ހޭނެތިފައެވެ. މުޙަންމަދުބޭ އާއި ހަސަނު ބިރުންތިބެ ތަކުބީރު ކިއަމުން ރަމްޝާ ނަގައިގަނެގެން ގެނަސް ދޯންޏަށް ލައިފިއެވެ. ދޯނީގައިތިބި ކުދިންތައް ބިރުން ރޮނީއެވެ. މުޅި ޖައްވުގައިވެސް ރުއިމުގެ އަޑުހުރީ އެއް އަޑަކަށް ވެފައެވެ. އަހަންމަދުބޭ ބުންޏެވެ. އެއްވެސް ކުއްޖަކު ނުރޯށެވެ. އިރާދަކުރެއްވިއްޔާ ރަމްޝާ މިއޮތީ ފެނިފައެވެ. ހުރިހާ ކުދިންވެސް ހިތްވަރު ކުރާށެވެ. ދުލުން ހެޔޮއެއްޗެތި ކިޔާށެވެ. ރަށަށްދާން ދޯނި ފުރައިފިއެވެ. ރަމްޝާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ހޮސްޕިޓަލުން ރަމްޝާ ދޫކޮށްލީ ޒަހަމްތައް ރަގަޅުވުމުންނެވެ. މިހާރު ރަމްޝާއަކީ ކުރީގެ ރަމްޝާއެއް ނޫނެވެ. ކެއުމެއް ބުއިމެއް ސާފްތާހިރުވުމެއް ރަމްޝާ ބޭނުމެއް ނުވެއެވެ. އެއްވެސް މީހަކާވާހަކައެއްވެސް ނުދައްކައެވެ. ރަމްޝާ ވާހަކަ ދައްކަނީ އެކަނިމާއެކަނި އޭނަގެ އަމިއްލަ ނަފްސާއެވެ. އަބަދު ކިޔަނީ އެދަތުރު.. އެބިރުވެރިމީހާ....އެބިރުވެރިމީހާ.....މިހާރު ރަމްޝާއަކީ މޮޔައެކެވެ. ރަމްޝާ ޙަޔާތުގެ ބާކީބައި ހޭދަކުރަމުންދަނީ ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންތިބޭ މަރުކަޒުގައެވެ. މިހާރު ރަމްޝާގެ ނަމަކީ މޮޔައިންގެ ލިސްޓަށް އިތުރުވެފައިވާ ނަމެކެވެ. (ނިމުނީ

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ