ލިއުނީ؛ އަހުމަދު އިލުހާމު. އަހަރެމެން ނަކީ އިސްލާމުން ކަމުގައި ވާއިރު ދީނުގައި ކުރަން އަންގަވާފައިވާ ކަންތައްތައް ކުރަން ސަމާލުކަން ދޭން ޖެހެއެވެ. ދީނުގެ ކޮންމެ ކަމަކީ އެކަމަކަށް ހާއްސަ ސަމާލު ކަމެއް ދީގެން ކުރަންޖެހޭ ވަރަށް މުހިއްމު ކަންތައްތަކެވެ. ސަބަބަކީ އެކަންތައްތައް ކުރުމުން އަހަރެމެންނަ އެތައް ފައިދާއެއް ލިބިގެން ދިއުމެވެ. އަހަރެމެންގެ މި ކުޑަކުޑަ ރަށަކީ ވެސް އެތައް އިސްލާމުން ތަކެއް އުޅެމުން އަންނަ ރަށެކެވެ.އަހަރެމެން ވެސް މިމާތް ދީނުގެ ކަންތައްތައް ވަރައް ފަރުވާތެރި ކަމާއި އެކު ފޫހިކަމެއްނެތި ކުރަން ޖެހެއެވެ. ނަމަވެސް ހިތާމަ ކުރަން ޖެހޭ ކަމަކީ މިކަންތައްތައް ނުކުރާ މީސްތަކުން މަދުން ނަމަވެސް އުޅޭކަމެވެ. ނަމަވެސް އުފާކުރަން ޖެހޭ ކަންތައްތައް ވެސް ވެއެވެ. އެގޮތުން އަޅުގަނޑު މެންނަށް ފާހަގަ ކުރެވޭ ގޮތުގައި މިހާރަކަށް އައިސް މިސްކިން ތަކުގައި ނަމާދު ކުރާ ވަގުތު ގައި ހެދެމުން އަންނަ ސަފުތައް މަޑުމަޑުން ނަމަވެސް އިތުރުވަމުން އާދެއެވެ. އެންމެ ކުޑަވެގެން ފަތިސް ނަމާދު ވަގުތުގައި ވެސް ހެދެމުން އަންނަ ސަފުތައް އިތުރު ވަމުން އަންނަކަން ވަރަށް އުފަލާއި އެކު ފާހަގަ ކުރަމެވެ. މިގޮތައް އިތުރު ވަމުން ދާކަމުގައި ވާނަމަ ކުރި މަގުގައި މިހާރަށްވުރެ ގިނަ ސަފުތަކެއް ހެދިގެން ދާނެކަމަށް އުއްމީދު ކުރެވެއެވެ.
3.10.10
Subscribe to:
Post Comments (Atom)



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ