14.12.10

ޑުރީމުގެ 2ވަނަ މެޗުވެސް ކާމިޔާބު ކޮއްފި

މިޔަދު ހަވީރު ލަންދޫ ފުޓު ބޯޅަ ދަނޑުގައި ކުޅެވުނު ފޯރުގަދަ މެޗު ޑުރީމް ޓީމުން ކާމިޔާބު ކޮއްފި އެވެ. މިއީ މިހާރު ކުޅެވެމުން މި އަންނަ ކަޕުގެ ތިންވަނަ މެޗެވެ. މިޔަދުގެ މެޗުގައި ޑުރީމް އިން ޖަހާފައި ވަނީ ތިން ގޯލެވެ. އަދި ވޭރޯއަށް ޖެހިފައި ވަނީ ދެ ގޯލެވެ. މިމެޗުގެ މޮޅު ކުޅުން ތެރިޔާއަށް ހޮވިފައި ވަނީ ޑުރީމްގެ މުހައްމަދު ސަމާހު(ސަމައްޓޭ) އެވެ. މުބާރާތުގެ ހަތަރުވަނަ މެޗު އޮންނާނީ މާދަމާ ފަތިހުގެ ވަގުތު ގައެވެ. މިއީ މިއަހަރުގެ ހޮލިޑޭ ގައި ކުޅެވޭ ހަތަރުވަނަ މުބާރާތެވެ

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ