14.11.10

ސަމާލު ކަން ދޭންޖެހޭނެ

މިފަހަރު ކުޅުމަށް ހަމަޖެހިފައިވާ ލިޔެސް ހޮލިޑޭ ކަޕުގައި އެކި ކުލަބު ތަކުން ދަނީ އެކި ހިސާބު ތަކުން ކުޅުން ތެރިން ހޯދަމުންނެވެ. ކުލަބު ތަކުން މިހޯދަމުން އަންނަ ކުޅުން ތެރިންނަކީ ބޮޑު އަގު ދީގެން ހޯދައިފައިވާ ކުޅުން ތެރިން ކަމުގައި ނުވާހިދު މިކުޅުން ތެރިންނަށް ހާއްސަ ސަމާލު ކަމެއް ދީގެން މިކުޅުން ތެރިންގެ އެންމެހާ ކަންތައްތައް ބަލަހަށްޓަން ޖެހޭނެއެވެ. އަދި ބޮޑު އަގު ދިގެން ގެނައި ކަމުގައި ވީނަމަވެސް މިކަން އޮންނައް ޖެހޭނީ ހަމަ މިގޮތަށެވެ.
އަދި ޓީމު ތަކަށް ކުޅެލަން މިއަންނަ ކުޅުން ތެރިންނަކީ ކުލަބުގެ އެދުމަށް އަންނަ ނުވަތަ ކުލަބުގެ ކުޅުން ތެރިންނާ އޮންނަ އެކުވެރި ކަމެއްގެ ސަބަބުން އަންނަ ކުޅުން ތެރިން ކަމުގާ ވާނަމަ އެކުޅުން ތެރިން ހިތްހަމަ ޖެހޭ ގޮތަށް ކަންތަށް ކޮއްދިނުމީ އެބަޔެއްގެ ބޮލުގައި އެޅިފައިވާ ޖިއްމާއެކެވެ. އެކުޅުން ތެރިން ނުރުހޭ ގޮތަށް ކަންތަށް ވަމުން ދާނަމަ ދެވަނަ ފަހަރަށް އެކުޅުން ތެރިޔަކު ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުލަބުން ގެނައި ކުޅުން ތެރިޔާގެ ސަބަބުން ކުލަބަށް ފައިދާ ނުވާކަމުގައި ވީނަމަވެސް އެކުޅުން ތެރިޔާ ގިނަ ކޮއްލުމަކީ އެއްވެސް ހާލެއްގައި ކުރުން ރަގަނޅު ކަމެއް ކަމަކަށް އަޅުގަނޑުމެން ނަކަށް ނުފެނެއެވެ. މިދައްނަވަނީ ފައިދާ ނުވާ ކުޅުންތެރިޔާ ކުޅެން އަރުވާ ވާހަކައެއް ނޫނެވެ. މިދައްނަވަނީ އެކުޅުން ތެރިޔާއާ އަޅާނުލާ އުޅޭނެ ހާލަކަށް ދޫކޮއްލާ ވާހަކަޔެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ