މިޔަދު ކުޅެވުނު ލިޔެސް ހުލިޑޭ ކަޕުގެ ދެވަނަ މެޗުން ޕަސެންޓާއީ އެކު ކުޅެ ޗެލެންޖާސްއިން މެޗު ކާމިޔާބު ކޮއްފިއެވެ. މިމެޗު ކާމިޔާބު ކޮއްފައި ވަނީ ހަމައެކަނި އެއްމެ ގޯލެއްގެ ތަފާތުން ނެވެ. މިޔަދުގެ މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލު ޖާހާފައި ވަނީ ޗެލެންޖާސްގެ ފުރުގާން (ފުގޭ) އެވެ. ނަމަވެސް ގޯލު ކާމިޔާބު ކުރާނެ އެތައް ފުރުސަތު ތަކެއް ދެޓީމަށް ވެސް ވަނީ ލިބި ބޭނުން ނުކުރެވި ގޮސްސައެވެ. މިގޮތުން ޕަސެންޓުގެ ނައްޑައަށް ލިބުނު ފުރުސަތު ފާހަގަ ކުރެވެޔެވެ. އަދި ނަމުން ފޮނި ކަމަށް ބުނެ ބެންޗުގައި ބާންދައިފައި އިން އިރުސާދު އެރުވުމުން ޕަސެންޓުގެ ކުޅުން ވަރަށް ބޮޑުތަން ރަގަނޅު ވެގެން ގޮސް ޗެލެންޖާސް އެއްކޮން ޕުރެސަރަށް ވެއްޓިގެން ދިޔަތަން ފެނިގެން ދިޔައެވެ.
މި މުބާރާތުގެ ތިންވަނަ މެޗު މާދަމާ ހަވީރު އޮންނާނެއެވެ. މިމެޗުގައި ވާދަކުރާނީ އޮކަރްޗީ އާއި ޕަސެންޓު އެވެ.



1 ޚިޔާލު:
tiyaeee thedhu fulhe nan vaany irsaadhu eakam mihaar ves captan beendhua lhaigen miulheee sorah vuren eana maaaragalhu kan faahaga kureveee
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ