7.11.10

ޢަރަބިއްޔާ ސުކޫލު އުވާލަފާނެތަ؟

1 - ޢަރަބިއްޔާ ސްކޫލްގައި ޢަރަބި 25 އަކަށް މުދައްރިސުން އުޅުއްވައެވެ. އެމީހުންނަށް މުސާރަދޭން ނުޖެހުނެއް ކަމަކު އެމީހުންގެ ތިބުމުގެ ޚަރަދު މަދަރުސާއިން ދައްކަންޖެހެއެވެ. މަހަކަށް 134,000 (އެއްލައްކަ ތިރީސް ހަތަރުހާސް) ރުފިޔާ ޚަރަދު ވެއެވެ. 2010 ވަނަ އަހަރުގެ ބަޖެޓްގައި މިފައިސާ ދީފައެއް ނުވެއެވެ. މިފައިސާ ދެއްކިފައި ވަނީ މިއަހަރު ސިވިލް ސާރވިސްގެ މުއައްޒަފުންގެ މުސާރައާއި އެލެވެންސްތައް ކުޑަ ކޮށްފަވާތީވެ އެއިން ބާކިވި ފައިސާއިންނެވެ. ޑިސެމްބަރުމަހުގެ ކުލި ދެއްކެންނެތުމުން ނޮވެމްބަރުގެ ނިޔަލަށް އެތަންތަން އެވަނީ ދޫކޮށްލާފައެވެ. 2011 ވަނަ އަހަރު މުދައްރިސުން އައިސް ވަންނާނެ ތަނެއް ލިބޭނެ ކަމުގެ ޔަގީންކަމެއް އަދި ނުލިބެއެވެ.

2 - މަންދު ކޮލެޖްގައި ޢަރަބިއްޔާގެ ދަރިވަރުން ބައިތިއްބަން އެއްބަސްވެވިފައިވަނި 2011 ވަނަ އަހަރު ގެ ނިޔަލަށެވެ. މިހާރު ބާކީ އޮތީ އެއް އަހަރެވެ. ޢަރަބިއްޔާގައި އަޅަން ކިޔާ ޢިމާރާތުގެ ކުރެހުން ނިމުނު ވާހަކަ އަޑު އެއްސެވިންތޯއެވެ؟ އިމާރަތް ކުރަން ބަޖެޓް ލިބުނު ވާހަކަ އަޑުއެއްސެވިންތޯއެވެ؟ އިމާރާތް ކުރުމަށް ބިޑް ހުށަ ހެޅުމަށް ހުޅުވާލި ވާހަކަ އަޑު އެއްސެވިންތޯއެވެ؟ ބަޖެޓް ލިބުމާއި، ބިޑް ހުޅުވާލުމާއި، ބިޑް ހުށަހެޅުމާއި، ބިޑް އިވެލުއޭޓު ކުރުމާއި، ބިޑް އެވޯޑު ކުރުމާއި، 5 ބުރި 6 ބުރީގެ ޢިމާރާތެއް އަޅާ ނިންމުމަކީ އިރު އޮއްސިފަ އިރު އަރާ އިރަށް ވާނޭ ކަންތަކެއް ނޫނެވެ.

ނަމަވެސް ތިޔަކީ އެއްވެސް ކަމެއް ނޫނޭ ވިދާޅުން އެކަށީގެންވެއެވެ. އެހެނީ 5 ނޮވެމްބަރު 2010 ވީ ހުކުރު ދުވަހުގެރޭ އެމް.އެން.ބީ.ސީ ވަންގެ ޚަބަރުގައި، އަންނަ އަހަރުގައި ސަރުކާރުގެ މަދްރަސާތަކުގެ ގުރޭޑު 1 ގައި ޢަރަބި މާއްދާ ކިޔަވައިދޭނެ ކަމަށް މިނިސްޓަރ ކަމަށް ޢައްޔަން ކޮށްފައިވާ މުޞްޠަފާ ލުޠުފީ ބުނިކަމަށް ކިޔެވެ. ރާއްޖޭގައި ހުރި ހަމަ އެކަނީ ޢަރަބި ތަޢްލީމުދޭ މަދްރަސާ، ޢަރަބިއްޔާ ސްކޫލަށް މިއުޅެނީ ބޭނުންވާ ވަރަށް މުދައްރިސުން ނުލިބިގެންނެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ