1.11.10

ދަނޑު އަލި ކުރުމުގެ މަސައްކަތް މިއަދު ފަށައިފި

ލަންދޫ ޖުވާނުންގެ ފުޓުބޯޅަ ދަނޑު އަލި ކުރުމުގެ މަސައްކަތް މިއަދު ހަވީރުގެ ވަގުތުގައި ފެށިގެން ކުރިއަށް ގެންގޮއްށިއެވެ. މި މަސައްކަތް ކޮއްފައި ވަނީ ލަންދޫގެ ފުޓު ބޯޅައަށް ލޯބިކުރާ ޖުވާން ކުދިން ކޮޅެކެވެ. މިއަދު ދަނޑު އަލި ކުރުމުގެ ގޮތުން ކުރެވިފައި ވަނީ ވިނަގަނޑު ކޮށުމާއި ދަނޑުގެ ކައިރީގައިވާ ވިނަތައް ކޮށުމައް ފަހު އެންދުމުގެ މަސައްކަތެވެ. މި ކަންތަކުގައި ފޯރި ގަދަ ވެގެން ގޮސް ގޯލުގައި ޖަހާފައިވާ ދާގަނޑުވެސް އަންދައި ނުލީ ހަމަ ކިރިޔާ ކަމުގައި ހަބަރު ލިބިފައި ވެއެވެ. ނަމަވެސް ކުރިން ފަހަރުގައި ދާގަނޑު އަންދައި ލީކަމުގައި އެކި ހިސާބު ތަކުން ދައްކާފައި ވެއެވެ. މިކަމުގެ ތެރޭގައި މީހަކުގެ ބައެއް ތަކެއްޗައް ގެއްލުން ލިބިފައި ވެސް ވެއެވެ. މިކަމާއި ބެހޭ ގޮތުން ވަރަށް ހަރުކަށި ފިޔަވަޅު އަލާނެ ކަމަށް އެފަރާތުން ބުނެފައި ވެއެވެ. ހަމާ މިޔާއި އެކު ލަންދޫގެ ބައެއް ކުނި ގޮޑު މިވަގުތު އަންދަމުން ދާ ކަމުގެ މައުލޫމާތު ވެސް ލިބިފައި ވެޔެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ