10.11.10

ތިޖުރީއެއް ފަޅާލައިގެން 105ރ. ވަގަށް ނަގައިފި

މާޅެންދޫ އިންޖީނުގޭގެ ތިޖޫރި ފަޅާލައި އެ ތިޖޫރިގައި ހަމަ އެކަނި ހުރި 105ރ. ވަގަށް ނަގައިފި އެވެ.

ނޮދަން ޔުޓިލިޓީސް އިން ނ. މާޅެންދޫގައި ހިންގާ އިންޖީނުގެއާ ހާވާލުވެ ހުންނެވި އިންޖީނުގޭ ގެ އެސިސްޓެންޓް އޮފިސާ އިބްރާހިމް އިލިޔާސް  އިއްޔެ ވިދާޅުވީ އެ ރަށުގެ އިންޖީނުގޭގެ ތިޖޫރި ފަޅާލައިފައި ވަނީ ޑިޔުޓީ އޮފިސަރު ފާހާނާ އަކަށް ގެ އަށް ދިޔަ ވަގުތު، އިއްޔެ ރޭ ދަންވަރު 1:25 ހާކަންހާއިރު ކަމަށާއި ނަމަވެސް ތިޖޫރީގައި ހުރީ ހަމައެކަނި 105ރ. ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ އެފަދަ ކަމެއް ހިގާފައިވާ ކަމަށާއި އެކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ