26.10.10

ޕައުލް މަރުވުމުން ރާއްޖޭގައި.............؟

ދާދި ފަހުން ނިމިންގެން ދިޔަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ޖަރުމަނު ވިލާތް ކުޅުނު މެޗްތަކަށް ފާލު ބަލަން ގެންގުޅުނު ޕައުލް ނަމަކަށް ކިޔާ ބޯވައެއް މިއަދުގެ ވަގުތެއްގައި މަރުވެއްޖެއެވެ. މިވާހަކަ އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، އެއީ މާބޮޑު ޚަބަރަކަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ޓީވީގެ ޚަބަރު ގަޑީގައި އެވާހަކަ ގޮވުމުންނެވެ. ސައްތައިންސައްތަ މުސްލިމު ޤައުމެއްކަމަށް ޒަމާނުއްސުރެ ދަޢުވާ ކުރަމުންގެންދާ ދިވެހިރާއްޖޭގެ ޤައުމީ ޓީވީން މިޚަބަރު ބޮޑުކޮށްގެން ގޮވުމަކީ އަޅުގަނޑުމެން ހައިރާން ވާންޖެހޭނެ ކަމެއްނޫނެވެ. އެހެނީ އެމުބާރާތް ހިނގިއިރުވެސް ޓީވީން ގެންދިޔައީ އެބޯވައިގެ މޮޅުވާހަކަ ދައްކައި އެތަކެއް ދިވެހިންނެއް އެއަށް އީމާން ކުރުވަމުންނެވެ. މިއަދު ދިވެހިންގެ ދީނީ ޙާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިފައި އޮތުމުން އަޅުގަނޑުމެންހިތަށް އަރަނީ އެބޯވައިގެ މައްޗަށް އަނެއްކާ ޣައިބަށް ކަށުނަމާދު ކުރުން ދިވެހިރާއްޖޭގައި ނުބާއްވާނެބާއެވެ؟

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ