ލަންދޫ އިންޖީނު ގޭގެ ވަޒީފާތައް އިއުލާން ކުރުމަށްފަހު މިހާރު މިވަނީ އިންޓަރވިއު ވެސް ކޮއް ނިމިފައެވެ. އިންޓަރވިއު ކޮއް ނިމުންތާ މިހާރު 2 މަސް ވެގެން ދަނީޔެވެ. އަދިވެސް ދުވަސްތައް ދައުރު ވަމުން ދަނީޔެވެ. ނަމަވެސް އަދިވެސް މި ވަޒީފާ ތަކައް މީހުން ވަނީ ނުނެގި ފައެވެ. އެހަން ނަމަވެސް އިންޓަރވިއު ކުރި ދުވަހު ބުނެފައި ވަނީ ހަފުތާއެއްގެ ތެރެގައި ވަޒީފާގެ ކަންތައް ހަމަޖެހޭނެ ކަމުގައެވެ. މިހެން ބުނެފައި ވީ ކަމުގައި ވިޔަސް އަދި މިހާތަނައް ވަނީ އެއްވެސް ހަބަރެއް ނުވެއެވެ.
ކަންތައް މިހާ ހިސާބުގައި ވާއިރުވެސް މިކަމާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ގުޅާލާ ކޮންމެ ފަހަރަކުވެސް ބުނަމުން އަންނަނީ އަންނަ ހަފުތާގައި އަންނަ ހަފުތާގައި ވަޒީފާގެ ކަންތައްތައް ހަމަޖެހޭނެ ކަމުގައެވެ. ކޮން ތާކު ދުވަހަކުވެސް އެހަފުތާއެއް ނައޭ............
ވަޒީފާޔައް ނަގާނެ ނުނަގާނެ މީހަކު ނޭންގިގެން ލަސްކުރި ކަމުގައި ވިޔަސް 4 ވަޒީފާ 30 މީހުނަކަށް ނުދެވޭނެއެވެ. ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތަކުން ބުނި ގޮތުގައި ވަޒީފާތަކަށް މީހުން ނަގަނީ ރަށު ކައުންސިލަރގެ އިންތިހާބު ނިމުމުން ކަމުގައެވެ. މިހެން ކަންތައްތައް ވާނަމަ ވަޒީފާ ލިބޭނެ ކަމުގެ އުންމީދުގަ ތިބޭ މީހުނައް ލިބޭނެ ނުލިބޭނެ މިހެން ހިތުގައި ބާއްވައިގެން ތިބެން ފަސޭހަވާނެ ހެއްޔެވެ؟ އިތުރު މަސަތްކަތެއް ނުކޮއް ވަޒީފާ ލިބޭނެ ކަމުގެ އުންމީދުގަ ރަށުގައި ތިބި މީހުން މަދެއްވެސް ނުވާނެއެވެ. ވަޒީފާ ލިބޭނެ ކަމުގެ އުންމީދުގައި މިހާރު އިންޖީނު ގޭގެ ބައެއް މުއައްޒަފުން ހުއި ނޮޅާ ތަޅުން ގަނޑުގައި ދަވާދު ލައި ހެދިތާވެސް ކިހާ ދުވަހެއް ވެއްޖެ ތޯއެވެ؟



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ