ލަންދޫ އަސްރަފީގޭ އަލީ ޖިޔާދު އިސްނަގައިގެން ލަންދޫގައި ޕުރިންޓު ނަގައި ދިނުމުގެ މަސައްކަތް ފަސައިފިއެވެ. އަލީ ޖިޔާދު މައުލޫމާތު ދިން ގޮތުގައި މިގެއިން ލިބޭނެ ހިދުމައް ތަކުގެ ތެރޭގައި ޕުރިންޓު ނަގައި ދިނުން ސުކޭން ކޮއްދިނުން އަދި ފޮޓޯ ކޮޕީ ނަގައި ދިނުން ހިމެނޭ ކަމުގައި ވެއެވެ. އަދި މިކަމުގެ އަގުތައް ހަމަޖެހިފައި ވާ ގޮތަކީ ފޮޓޯ ކޮޕީ ނަގައި ދިނުމަށް 1 ރުފިޔާ، ޕުރިންޓު ނަގައި ދިނުމަށް 2 ރުފިޔާ، ސުކޭން ކޮއްދިނުން 3 ރުފިޔާ، މީގެ އިތުރުން ނަން ކާޑު ހަދައި ދިނުމަށް ހަދާ ކޮންމެ ނަން ކޮޅަކަށް 1 ރުފިޔާ ކުލަކޮން ހަދާނަމަ ކޮންމެ ނަން ކޮޅަކަށް 2 ރުފިޔާ ކަމަށް މައުލޫމާތު ދީފައި ވެއެވެ.އިތުރު މައުލޫމާތު 7523006
0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ