15.12.10

ޢާޝޫރާ ދުވަސް

އާދެ! ހެޔޮކަމުގެ އެއް މޫސުމަށްފަހު އަނެއް މޫސުން އަންނާނޭހެން، ރޭދުވާ ތަކުރާރުވާނޭހެން ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވުމީ އެކަލާނގެ އަޅުތަކުންގެ މައްޗަށްވާ ބޮޑު ރަޙްމަތެކެވ. ރަމަޟާންމަހުގެ ރޯދައާއި ރޭ އަޅުކަމުގައި މީސްތަކުން ހޭދަކުރި ދުވަސްތަކަށްފަހުގައި، ޝައްވާލުމަހުގެ ހަރޯދަ ބައްދަލުކުރިއެވެ. ޝައްވާލު މަހުގެ ހަރޯދަ ނިމުމާއެކު، ޙުރުމަތްތެރިވެގެންވާ މައްސަރުތައް ފެށުނީއެވެ. އެއީ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި މުޙައްރަމު މަހެވެ. ޛުލްޙިއްޖާ މަހުގެ ދިހަދުވަހުގެ މާތްކަމާއި އައްޔާމުއްތަޝްރީޤުގެ ތިންދުވަހުގެ ތަކްބީރު ތަހްލީލު ކިޔުމުގެ ދުވަސްތަށް ނިމުމާއެކުގައި، ހެޔޮކަމުގެ އަނެއް މޫސުން ބޯމަތިވީއެވެ

ޢާޝޫރާ ދުވަހަކީ، މާތް ﷲ މޫސާ ޢަލައިހިއްސަލާމު، ފިރްޢައުނުގެ ނުބައިކަމުން މިންޖުކޮށްދެއްވި ދުވަހެވެ. ބަނީ އިސްރާއީލު މީހުންނާއެކުގައި މޫސާގެފާނު ނިކުމެވަޑައިގެން، ކަނޑުގެ އައްސޭރިއަށް ނުކުމެވަޑައިގެންހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ މޫސާގެފާނަށްދެއްވި އެންމެ މަތިވެރި އެއް މުޢުޖިޒާތް ދެއްކެވުނެވެ. އެކަލޭގެފާނުގެ ޢަޞާކޮޅުން ޖެއްސެވުމުން ކަނޑު ދެފަޅިވެ، މީސްތަކުން ހުރަސްކުރުމަށް މަގެއް ހެދުނެވެ. އަދި ބަނީ އިސްރާއީލު މީހުން ކަނޑު ހުރަސްކުރުމުން، ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤުވެގެން ދިޔައެވެ

 މޫސާގެފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށްޓަކައި އުފާފާޅުކުރުން އެންމެ އައުލާވެގެންވަނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކަމުގައި ދެކެވަޑައިގެން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެދުވަހުގައި ރޯދަ ހިއްޕެވިއެވެ. އަދި ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން އެދުވަހުގެ ކުރީން އެއްދުވަސް ނުވަތަ ފަހުން އެއްދުވަހު ރޯދަ ހިފުމަށް އިރުޝާދު ދެއްވެވިއެވެ

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ